އުތުރު އަޔަރލެންޑްގެ ކުރީގެ ހަނގުރމަވެރި ޖަމާއަތް އައިރިޝް ރިޕަބްލިކަން އާމީގެ ސިޔާސީ ގޮފިން އުތުރު އަޔަރލެންޑްގެ އިންތިޚާބު ކާމިޔާބު ކޮށްފިއެވެ. ސިން ފެއިން އިން ކާމިޔާބު ކުރުމުން އިނގިރޭސިވިލާތަށް ތާއީދު ފަރާތްތަކުން ވަނީ ހިތް ނުތަނަވަސް ވެފައެވެ. ނަމަވެސް އައިރިޝް ރިޕަބްލިކަން އާމީގެ ސިޔާސީ ގޮފި ސިން ފެއިންއިން މި އިންތިޚާބުކާމިޔާބު ކުރިއަސް އަދިވެސް އިނގިރޭސިންގެ ކޮންޓްރޯލް އުތުރު އަޔަލެންޑްގައި ގެއްލޭނެކަމަކަށް ނުބެލެވެއެވެ.