އިންޑިއާގެ އުއްތްރަ ޕްރަދޭޝްގައި ބީޖޭޕީގެ ޒުވާން ލީޑަރަކު، މުސްލިމުންނާ ދެކޮޅު ކޮމެންޓްތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ.

ބީޖޭޕީގެ ޒުވާން ލީޑަރެއް ކަމަށްވާ ހަރްޝިތު ސްރިވަސްޓަވާ ހައްޔަރު ކުރީ އުއްތަރަ ޕްރަދޭޝްގެ ކާންޕޫރު ސިޓީގައި މިދިޔަ ހަފުތާގައި އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ދެއްކުމާ ގުޅިގެން ހިނގި ހަމަނުޖެހުމާ ގުޅިގެން ކަމަށް އޮފިޝަލުން ބުނެފި އެވެ.

"މުސްލިމުންނާ ދެކޮޅު ވާހަކަތަކެއް ދެއްކުމުގެ ކުށުގައި ލޯކަލް ޕޮލިޓީޝަނަކު ވަނީ ހައްޔަރުކޮށްފައި،" ކާންޕޫރުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މަދުވެގެން 50 މީހުން ހިފަހައްޓާފައިވާ ކަން ހާމަކުރަމުން ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ޕްރަޝާންތު ކުމާރު ވިދާޅުވި އެވެ.