ސިގިރޭޓްގެ ނުރައްކަލަށް މީހުން އަދިވެސް ބޮޑަށް ލޯ ހުޅުވުމުގެ ގޮތުން ކޮނބްމެ ސިގިރޭޓެއްގައި އޭގ ނުރައްކަލާ ބެހޭ ވާހަކަ ޖެހުމަށް ކެނެޑާ ސަރުކާރުން ހުށަހަޅައިފިއެވެ. ކެނެޑާއިން ބޭނުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މިފަދަ އިންޒާރަކުން ކޮންތްރޯލު ކުރާ ފުރަތަމަ ގައުމަކަށް ވެގަންނާށެވެ.

މެންޓަލް ހެލްތު އެންޑް އެޑިކްޝަން މިނިސްޓަރު ކެރޮލައިން ބެނެޓް ވިދާޅުވީ މި ފިޔަވަޅުގެ ސަބަބުން އިތުރު ބަޔަކަށް ހިތްދަތިކަން އިހުސާސް ކޮށްދީ ނޭދެވޭ އަސަރު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ފިޔަވަޅުގެ މައިގަނޑު މަގްސަދަކީ ސިނގިރޭޓު ފަސޭހައިން ލިބެން ހުންނަ ޒުވާނުން ފޮށީގެ ބޭރުގައި ޕްރިންޓްކޮށްފައި ހުންނަ މައުލޫމާތު ނުފެންނަ ހާލަތްތަކުގައިވެސް އެކަން އެމީހުންގެ ބޮލަށް ވައްދައި ދިނުން ކަމުގައި އޭނާ ވިދާޅުވިއެވެ. އޭރުން ވަކި ސިގިރޭޓް ލިބޭ މީހުންނާއި ފޮށި ބަދަލުކޮށްގެ އުޅޭ މީހުންނަށްވެސް މި އިންޒާރުން ސަލާމަތެއް ނުވެވޭނެ ކަމުގައި އޭނާ ދެކެވަޑައި ގަންނަވައެވެ.