ހަށިގަނޑު ތެރެ އާއި ގޮހޮރު ސާފުކޮށްދޭ 3 ބުއިމެއް

0

ގޮހޮރަކީ ހަށިގަނޑު ތެރެ ސާފުކޮށް ބެހެއްޓުމަށް ވަރަށް ބޮޑު ބައެއް ކުޅެދޭ އެއްޗެކެވެ. ހަށިގަނޑުތެރެއަށް ނުނަގާ ކާ އެއްޗެހި ދަނީ ގޮހޮރަށެވެ. އަދި ހަޖަމު ނުވާ ކާއެއްޗެހި ތަށް ބޭރުކޮށްދެނީ ވެސް ގޮހޮރު މެދުވެރިކޮށެވެ.

Advertisements

މިގޮތުން މަހަކު އެއްފަހަރު ނަމަވެސް ގޮހޮރު ސާފު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިންސާނާގެ ހަށިގަނޑު އުފެދިފައި ހުންނަ ނިޒާމުތަކުން އަމިއްލައަށް ސާފު ވެއެވެ. ނަމަވެސް ބައެއް ފަހަރު އެކަމަށް އަޅުގަނޑުމެންގެ އެހީތެރިކަން ބޭނުންވެއެވެ.

ހަށިގަނޑުގައި އެއްޗެއް މަދުނަމަ، ހަށިގަނޑަށް އަންނަ ބަދަލުތަކުން އެކަމަކަށް އިޝާރާތްކުރެއެވެ. މިސާލަކަށް ފެން މަދުވުމުން ބަނޑު ހަރުވާ ގޮތް ވެއެވެ. ނޫނީ މާ ގިނައިރު ނުކައި ހުރެފި ނަމަ ބަނޑުގައި ގޭސް އުފެދި ތަދުވާން ފަށައެވެ. އެހެންކަމުން ގޮހޮރަކީ ވަރަށް މުހިއްމު ބައެއް ކުޅެދޭ ގުނަވަންތަކަކުން އުފެދިފައި ހުރި ނިޒާމެކެވެ. އަދި މި ނިޒާމު ރަގަޅު ގޮތުގައި ހިނގުމަށް އެހީވެދޭން އެ ސާފު ކޮށްލުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.

Advertisements

1. އިނގުރު

އިނގުރަކީ ރާއްޖެއަށް އައު އެއްޗެއް ނޫނެވެ. އެކި ކަހަލަ ރިހަ، ހެދިކާ އަދި ދިވެހި ބޭސް ހެދުމުގައިވެސް ބޭނުންކުރެވެމުން އަންނަ އެއްޗެކެވެ. އެންމެ ކުރީ ޒަމާނުއްސުރެ އިނގުރަކީ ރޯގާ، މޭ ނުބައިކުރުން، މައިގްރެއިން އަދި އެތްރައިޓިސް ނުވަތަ ރާއްޖެ ބަލި ފަދަ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރަމުން އައި އެއްޗެކެވެ.
މިގޮތުން ގޮހޮރު ސާފުކުރުމަށް އިނގުރުން ވަރަށް ބޮޑު ބައެއް ކުޅެދެއެވެ. އޭގެ ތެރޭގައި، ކާއެއްޗެހި ހަޖަމު ކުރަން އެހީވެދިނުން، ބަނޑު ހަރުވުމުން ސަލާމަތް ކޮށްދިނުން، އަދި ގޮހޮރުގެ މަސްތަކުގެ ހަރަކާތްތައް ގިނަ ކޮށްދިނުން ހިމެނެއެވެ. މިކަމުން ކާއެއްޗެހި ހަޖަމު ކުރަން ފަސޭހަވެއެވެ.

2. ލުނބޯ

ހުތް މޭވާ ތަކަކީ އޭގައި ވިޓަމިން-ސީ އަދި އެންޓައި-އޮކްސިޑަންޓް އެކުލެވިގެންވާ އެއްޗެހިއެވެ. އަދި ޙާއްސަކޮށް ލުނބޯ އަކީ ތާފަނާ ފެނާއި އެއްކޮށްގެން ބުއިމުން ބަނޑުގައި ހުންނަ އެސިޑު މަސައްކަތްކުރަން އަދި ކާއެއްޗެހި ހަޖަމު ކުރުމަށް އެހީވެދޭ އެއްޗެކެވެ. މީގެ އިތުރުން މޭ އަންދާ ނުވަތަ މޭ ބޮޑު ވެފައި ހުންނަ ގޮތް ވާނަމަ ލުނބޯ ފަނި ބުއިމަކީ އެކަމުގެ އުނދަގުލުން ސަލާމަތްކޮށްދިނުމަށް އެހީވެދޭ ވަރަށް ފައިދާހުރި މޭވާއެކެވެ.

3. އާފަލު

އާފަލަކީ އޭގައި ފައިބަރ ގިނަ މޭވާއެކެވެ. ފައިބަރ އަކީ ހަޖަމު ކުރުމަށް އަދި ބަނޑު ހަރު ވުމުން ސަލާމަތްކޮށްދޭ މައިގަނޑު އެކައްޗެވެ. އާފަލުގައި ހުންނަ ފައިބަރ އިން ކޮލެސްޓްރޯލް ދަށްކޮށްދީ އަދި ކާބޯހައިޑްރޭޓް ހަށިގަނޑުން ނަގާވަރު މަދުކުރެއެވެ. މީގެ އިތުރުން ހަކުރު ހުންނަ މިންވަރު ވެސް ކޮންޓްރޯލް ކޮށްދީ ބޭކާރު އެއްޗެހި ހަށިގަނޑުން ފަސޭހަ ކަމާއެކު ބޭރުކުރަން ވަރަށް ބޮޑު ބައެއް ކުޅެދެއެވެ.

ޖޫސް ހަދާނެ ގޮތް:

ބޭނުންވާނެ ތަކެތި (1 ޖޯޑު ހެދުމަށް)
• ½ ޖޯޑު ތާޒާ އާފަލު ދިޔަ
• 2 މޭޒުމަތީ ސަމްސާ ތާޒާ ލުނބޯ ދިޔަ
• 1 ސައިސަމްސާ އިނގުރު ދިޔަ
• ½ ސައިސަމްސާ ސީ ސޯލްޓް
• ½ ޖޯޑު ތާފަނާ ފެން

ތައްޔާރުކޮށް ބޭނުންކުރަންވީ ގޮތް:
• ހުރިހާ އެއްޗެއް އެއްކޮށްލާ ރަނގަޅަށް ގިރާލާށެވެ.
• އެދެވިގެންވަނީ ސާފުކުރަން ބޭނުންވާ ދުވަހު، 5 ތަށި ބުއިމެވެ. މިގޮތުން ހޭލާ ގޮތަށް ހުސްބަނޑާ 1 ތަށި، މެންދުރު ކެއުމަށްފަހު 2 ތަށި އަދި ރޭގަނޑު ގަޑިން 6 – 7 އާއި ދެމެދު 2 ތަށި ބުއިމެވެ.

މި ޖޫހަކީ ގޮހޮރާއި ހަޖަމުކުރުމުގެ ނިޒާމު ސާފުކޮށްދޭ އެއްޗެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ބުއިމަކީ އެދެވިގެން ވާކަމެއް ނޫނެނެވެ. މަހަކު އެއްފަހަރު ބޭނުންކުރައްވާށެވެ. އަދި މާބަނޑު ނަމަ، ނުވަތަ ހަކުރު ބަލި އަދި އެއްވެސް ކަހަލަ އެލާރޖީއެއް ހުންނަ ނަމަ ޑަކުޓަރެއްގެ ލަފާ ހޯދުމަށް ފަހު ބޭނުންކުރައްވާށެވެ.

Advertisements