ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ. އެމަސައްކަތުގެ ދަށުން ނުނުމިއޮތީ 32 ޕަސެންޓެވެ.

އެމްޓީސީން ބުނީ މަސައްކަތްކުރަނީ ވީހާ އަވަހަށް މަސައްކަތް ނިންމުމަށް ކަމަށެވެ. މިހާތަނަށް ވަނީ އެމަސައްކަތުގެ 68 ޕަސެންޓް ނިމިފައެވެ.

މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުގަލުގެ ދެވަނަ ޝިޕްމަންޓް ވެސް ވަނީ ސައިޓަށް ގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން، 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އޭގެ އިތުރުން ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މިއީ 25.88 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.