ވިލިމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ "އިހުސާން ވިލި" ކިޔާ ފިހާރައިގައި ކަމަށެވެ. ރޭ ފަތިހު މިހާދިސާގެ ރިޕޯޓު ލިބުމާއެލު އެމްއެންޑީއެފް ވިލިމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ، ފަތިހު 05:25 ހާއިރު އެތަނުގައި ރޯވި އަލިފާން ނިއްވާލައިފައިވާ ކަމަށް އެމްއެންޑީއެފުންް ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މިީހަކަށް އަނިޔާއެއް ލިބިފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. އަދި ފިިހާރަށް ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް މީހުން ހޭލުންތެރި ކުރުމަށް އެމްއެންޑީއެފުން ގެންދަނީ މަސައްކަތް ވެސް ކުރަމުންނެވެ.