ޓިރަމިސޫ ފަސޭހަކަމާއި އެކު ގޭގައި ތައްޔާރުކޮށްލައްވާ

0

ބޭނުންވާނެތަކެތި:

Advertisements

• 3 ޖޯޑު ވިޕް ކްރީމް
• 227 ގ މަސްކަޕޯނީ ޗީޒް (މި ނެތް ނަމަ، 225 ގ ފުލް ފެޓް ކްރީމް ޗީޒް، 60 މލ ވިޕިންގ ކްރީމް އަދި 30 ގ އަންސޯލްޓަޑް ބަޓަރ ރަނގަޅަށް އެއްކޮށްލުމަށްފަހު 227 ގ އަށް ވާވަރަށް ނަންގަވާ)
• ½ ޖޯޑު ހަކުރު (މުގުރާފައި)
• 12 ވަރަކަށް ވެނީލާ ވޭފަރސް
• 1 ޖޯޑު ކަޅު ކޮފީ
• ކޮކޯ – ޓިރަމިސޫ މައްޗަށް އެޅުމަށް

ތައްޔާރުކުރާނެގޮތް:

Advertisements

• މިކްސަރ އެއްގައި 1 ޖޯޑު ވިޕް ކްރީމް، މަސްކަޕޯނީ ޗީޒް އަދި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ.
• ވަކި ތައްޓެއްގައި ބާކީ ހުރި ވިޕްކްރީމް، ކްރީމް ގަނޑަކަށް ވަންދެން ގިރާށެވެ.
• ވިޕް ކްރީމް ބަޔާއި މަސްކަޕޯނީ ބައި މަޑުން އެއްކޮށްލާފައި ބަހައްޓާށެވެ.
• 9 އާއި 13 އިންޗީގެ ޓްރޭއެއްގައި، ވެނީލާ ވޭފަރސް ކޮފީ އަށް ލުމަށްފަހު އެއް ލެޔަރ އަތުރާށެވެ.
• މީގެ މައްޗަށް ކްރީމް އެޅުމަށްފަހު މިގޮތަށް ތަކުރާރުކުރާށެވެ.
• އެންމެ މައްޗަށް ކްރީމް އެޅުމަށްފަހު ކޮކޯ ބުރުވާލާށެވެ. (ފުރޭނިއެއް ބޭނުންކުރުމުން ފަސޭހަވާނެ)
• އައިސް އަލަމާރިއަށް ލާ 3 ގަޑި އިރު ބަހައްޓާށެވެ.

Advertisements