އިންޑިއާ މީހުންނާއި ޕާކިސްތާނު މީހުން ގުޅިއްޖެނަމަ އިނގިރޭސި ވެރިކަންވެސް ގުޑުވާލެވިދާނެ ކަން ހާމަވެއެވެ. އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ މާލީ ވަޒީރާއި ސިއްޙަތާ ބެހޭ ވަޒީރު ވަނީ އިސްއިތުފާ ދެއްވާފައެވެ. އެއަށް ފަހު އަނެއްކާ އެހެން ދެ ވަޒީރަކުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި ދެ ބޭފުޅުންނަކީ ސިއްޙަތާ ބެހޭ ވަޒީރު ސާޖިދު ޖާވިދު އާއި މާލީ ވަޒިރު ރިޝީ ސުނާކްއެވެ. ފަހުން ފެމިލީ ވެލްފެއަރ މިނިސްޓަރު ވިލް ކްއިންސް އަދި ޖޫނިއާ ޓްރާންސްޕޯޓް މިނިސްޓަރު ލައުރާ ޓްރޮޓް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޖޫނިއާ ޓްރާންސްޕޯޓް މިނިސްޓަރު ލައުރާ ޓްރޮޓް ވިދާޅުވީ އޭނާ މަގާމުން ވަކިވެވަޑައިގެންނެވީ ސަރުކާރަށް "އިތުބާރު" ގެއްލުމުން ކަމަށެވެ.އިނގިރޭސިވިލާތުގެ އާ ހެލްތު ސެކްރެޓަރީ އަދި ފިނޭންސް މިނިސްޓަރުގެ މަގާމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ދެ ބޭފުޅަކު ހަމަޖައްސަވާފައެވެ. ހެލްތު ސެކްރެޓަރީކަމަށް ހަމަޖެއްސެވީ ކެބިނެޓް ޗީފް އޮފް ސްޓާފް ސްޓީވް ބާކްލޭ،އެވެ. އަދި އެޑިއުކޭޝަން ސެކްރެޓަރީ ނަދީމް ޒަހާވީ ވަނީ މާލީ ވަޒީރުކަމަށް ހަމަޖައްސަވާފައެވެ.

ބޮރިސް ޖޯންސަންގެ ސަރުކާރުން ވަޒީރުން އިސްތިއުފާ ދެއްވާފައި ވަނީ ކުޅީގެ މައސަލައެއްގައި ތުހުމަތު ކުރެވި، ޗީފް ވިޕް، ދެ ފިރިހެނަކާ ބެހުނުކަމުގެ ޝަކުވާ ބެއްލެވުމުގައި ޖޯންސަން އިހުމާލުވެ ވަޑައިގަތްކަމަށް ބެލެވިގެންނެވެ.