ދިވެހި ރާއްޖޭގެ ލޮބުވެތި އަދި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިީމް މުޙައްމަދު ޞާލިޙްމިނާގައި ޙައްޖުވެރިން ތިބޭ ފޭލިގެތަކަށްވަޑައިގެން ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައި ތާރީޚުން ޖާގަ ހޯއްދަވައިފިއެވެ. މިޒިޔާރަތުގައި ރައީސާއި ރައީސްގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު ވަނީ ޙައްޖުވެރީންނާ ބައްދަލު ކުރައްވައި އެމީހުންގެ ޙާލު ބައްލަވާލައްވައިފައެވެ.

ޙައްޖުކޯޕަރޭޝަނުންް ވިދާޅުވެފައިވަނީ "މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރައީސަކު މިނާ ޓެންޓަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ." އެހެން ކަމުން ރައީސް ޞާލިހު މިވަނީ ތާރީޚު ބަދަލު ކުރައްވައިފައެވެ.

މި ޒިޔާރަތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު ޢަލީއާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޗީފް އޮފް ސްޓާފް އަލް އުސްތާޛް ޢަލީ ޒާހިރާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއިން މިއަހަރު 453 މީހަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވެއެވެ. އެ ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން ވިދާޅުވެފައިވެއެވެ.