ޗައިނާގެ ހެނާން ޕްރޮވިންސްގެ ޖޮންޖޯގައި މީހުން ބެންކަށް ލައިފައިވާ ފައިސާ ނަގަން އުޅެގެން ނުގުމާއެކު ބެންކަށް ގަދަކަމުން ވަދެގަންނަން މަސައްކަތް ކޮށްފިއެވެ. އާދީއްތަ ދުވަހު ޖޮންޖޯގައި މި ހަމަނުޖެހުން މުޒާހަރާއަކަށް ބަދަލުވެ މުޒާހަރާ ވަނީ އެންމެފަހުން ތަޅާފޮޅުމަކަށް ބަދަލު ވެފައެވެ.

މުޒާހަރާގެ ބައިވެރިން ބުނީ ކުރިން ބެންކުން ފައިސާ ނުނެގުނީ އެތެރޭގެ ސިސްޓަމްތަކަށް އަޕްގްރޭޑް ކުރަން ޖެހޭތީ ކަމަށް ބެންކުން ބނުނިކަމަށެވެ. ނަމަވެސް ފަހުންވެސް ބެންކުން ވަނީ މީހުންނަށް ފައިސާ ނުދީ ދަންމާފައެވެ.

ދާދި ފަހުން ފެން ބޮޑުވުމުގެ ކާރިސާއެއް މެދުވެރިވެފައިވާ ހޭނާންގައި ބައެއް އެގްރިކަލްޗަރަލް ބެންކުތަކަށް މީހުންލީ ފައިސާތަކެއް ނުނެގިގެން އުޅުނުކަމަށް މި މަސް ފެށުތަނާ ރިޕޯޓް ކޮށްފައި ވެއެވެ. އަދި އޭގެ ކުރިންވެސް ހޭނާންގައި ހަދާފައިވާ އެޕާޓްމަންޓްތައް ނުވުކޭތީ އެތަންތަން ވިއްކުމަށް ޑައުން ޕޭމަންޓަށް ގޮދަނާއި ލޮނުމެދު ބަލައި ގަންނާނެ ކަމަށްވެސް އިއުލާން ކުރިއެވެ.

ގުޅޭ މައުޟޫއެއް ކިޔާލުމަށް:

އެޕާޓްމަންޓްގެ ޑައުންޕޭމަންޓު ގޮދަނާއި ލޮނުމެދުން ބަލައިގަންނާނެ

ބެލެވޭ ގޮތުގައި 39 ބިލިއަން ޔުއާން (5.8 ބިލިއަން ޑޮލަރު) ފްރީޒްކޮށްފައިވާ އިރު، އޭގެ އަސަރު އެތައް ހާސް ބަޔަކަށް ވަނީ ކޮށްފަ އެވެ. ކަމާބެހޭ ފަރާތްތަކުން ފަހުން ބުނީ މިކަމަށް ހައްލެއް ހޯދުމުގެ ޕްލޭނެއް އިއުލާން ކުރާނެ ކަމަށެވެ.

ހޭނާންގެ ހަތަރު ބޭންކަށް ފައިސާ ފްރީޒް ކުރުމުގެ މައްސަލަ ދިމާވެފައި ވެއެވެ.

އާދީއްތަ ދުވަހު މުޒާހަރާގެ ބައިވެރިން ވަނީ ހެނާންގެ ވެރިރަށް ޖޮންޖޯގައި ހުންނަ ޗައިނާގެ މަރުކަޒީ ބޭންކަށް ވަދެގަންނަން މަސައްކަތް ކޮށްފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ބަޔަކު ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހާފައެވެ. އާންމުން ތުހުމަތު ކުރާ ގޮތުގައި އެއީ ސަލާމަތީ ފަރާތްތަކުން ބައެކެވެ.