ޕާކިސްތާންގެ ޖިއޯ ނިއުސްއިން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ލާހޯރުގެ ގެއެއްގައި މަސައްކަތްކުރާ ޒުވާން ނޯކަރަކު މަރާލާފައިވަނީ، ފްރިޖްގައި ރައްކާކޮށްފައި ހުރި ކާނާއިން ކާތަން ފެނުމުންނެވެ.

ހިފެހެއްޓުމުން ކަމަށެވެ.

ވަޒީފާ ދޭ ފަރާތްތަކުން ވަނީ ހުއްދަ ނެތި ފްރިޖުން ކާނާ ނަގައިގެން ކައިފައިވާ ކަމަށް ބަލައި ދެ މީހަކަށް އަނިޔާކޮށްފައި ކަމަށް ޖިއޯ ނިއުސްއިން ބުނެއެވެ. މި އަނިޔާގައި އެކަކަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

ފުލުހުން އިތުރަށް ބުނީ މިއީ ދެބޭން ކަމަށާއި މިމީހުން މަސައްކަތް ކުރަމުން ދިޔައީ ލާހޯރިގެ ފެންވަރު މަތީ ޑިފެންސް ހައުސިން އޮތޯރިޓީގައި ކަމަށެވެ.

މި މީހުން އެ ގޭގައި މަސައްކަތް ކުރާތާ އަހަހރެއް ވެއްޖެއެވެ.

ފުލުހުން ބުނީ ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށް، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ތަހުގީގުގައި އެކުދިންނަށް އަނިޔާކުރި ކަމަށް އިއުތިރާފުވެފަ އެވެ.