ސްރީލަންކަން އެއާލައިން އައްޑޫ – މާލެ – ކޮލަމްބޯ އަދި ކޮލްމަބޯ – މާލެ – އައްޑޫ ދަތުރު ކުރުމުގެ ހުއްދަ ނުދެވެންވީ ކީއްވެތޯ އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު ސުވާލު ކުރައްވައިފިއެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް މި ސުވާލު ކުރެއްވީ ޓުވީޓެއް އޭނާ ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ވިދާޅުވެފައިވަނީ ސްރީލަންކަން އެއަރލައިންސަށް އައްޑޫ ގަމުން ފުރައިގެން މާލެ ޓްރާންސިޓް ކޮށް ކޮލޮމްބޯ އަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ނުދެވެންވީ ސަބަބެއް ނެތް ކަމަށެވެ. އޭނާގެ ޓުވީޓުގައިވަނީ އައްޑޫގެ މަޖްލިސް މެމްބަރުން ޓެގް ކުރައްވައިފައެވެ.

އައްޑޫ އެއަރޕޯޓް ތަރައްޤީ ނުކުރެވޭނެ ކަމަށް ހުވަދޫގެ މަޖިލިސް މެމްބަރަކު ވާހަކަ ދައްކަވާ ފައިވާ އަދި ހުވަދޫގައި އިންޓަނޭޝަނަލް އެއަރޕޯޓެއް އެޅުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައި ޔަސްރިފް ގެ ވާހަކަ ބޮޑަށް ބެލެވެނީ ޑޮމެސްޓިކް ސެކްޓަރ ހިމަނައިގެން އޮޕަރޭޓް ކުރުމުގެ ހުއްދަ ސްރީލަންކަން އަށް ދިނުމުގެ ވާހަކަ ކަމުގައި ޤަބޫލުކުރެވެއެވެ. މިގޮތުން ސްރީލަންކަން މާލެ ޓްރާންސިޓް ކުރުމުގެ ފުރުސަތު އޮންނަ ކަމުގައިވާނަމަ ޕެސެންޖަރުން އަދި މުދާ އިތުރަށް ލިބި، ދަތުރު ތަކުގެ އަދަދު އިތުރުވެ ހިދުމަތުގެ އަގު ރަނގަޅުވެ ފެންވަރު މަތި ވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެއެވެ.

ކޮވިޑާ ހެދި ދަތުރުތައް މިވަގުތު ހުއްޓިފައި އޮތަސް، އައްޑޫގެ ރައްޔިތުން ދެކިގެން ތިބީ ދުނިޔޭގެ ބޯޑަރތައް ހުޅުވި ސްރިލަންކަން އޮޕަރޭޝަންސްތައް ފެށިގެން ދާއިރު އައްޑޫ ސެކްޓަރ ވެސް ފެށިގެން ދާނެކަމުގައެވެ. އަދި ސްރިލަންކަން އައްޑު އަށް އޮޕަރޭޓް ކުރުމުން ދެކުނުގެ ރައްޔިތުންނަށް ގިނަ ގުނަ ފައިދާ ލިބޭ ކަމުގައި ރައްޔަތުން ދެކެއެވެ. މިގޮތުން ސީދާ ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް ދެކުނުގެ ރައްޔަތުންނަށް ނުހަނު ފަސޭހަވެފައި ޙަރަދު ކުޑަކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ދެކުނުގެ ރައްޔަތުން މިވަގުތު އެދި އެދި ތިބީ ބޯޑަރ ތައް ހުޅުވި އެއަރލައިންތައް އޮޕަރޭޓް ކުރަން ފަށާއިރަށް ގަމުން ދެކުނުގެ އަތޮޅުތަކަށް ފަސޭހައިން އިތުބާރު ކުރެވޭ އަދި ހަރަދު ކުޑަ ދަތުރު ފަތުރު ކުރުމުގެ ނިޒާމެއް ގާއިމު ކުރެވި މީހުންނާއި މުދައު ފަސޭހައިން އުފުލޭނެ ގޮތެއް ވެގެން ދިއުމެވެ.