މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން މިއަދު ކުރި ޓްވިޓެއްގައި ބުނެފައިވަނީ މިރޭ (15 ޖުލައި 2022، ހުކުރުދުވަހުގެ ރޭ) 21:30 ގައި، ވިލިމާލެ އުތުރު ސަރަޙައްދު ބަނދަރާ ދިމާ ބޭރުން ހަވާ އެރުވުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޚަބަރު ލިބޭ ގޮތުގައި މިރޭ ހަވާ އެރުވުން ބާއްވަނީ އަޟުހާ ޢީދު ފާހަގަކުރުމަށް ވިލިމާލޭގައި ބޭއްވި ކުޅިވަރުތައް ނިމުން ފާހަގަ ކުރުމުގެ ގޮތުންނެވެ.

މިއަހަރުގެ އަޟުހާޢީދުގައި، ހުޅުމާލޭގައި ވެސް ހަވާ އެރުވުމާއި ޢީދު ޝޯ ބޭއްވުމަށް ހަމަޖެހިފައި އޮތެވެ. ނަމަވެސް އެކަން ކެންސަލްކުރީ ރާއްޖޭގައި ކޮވިޑް 19 ފެތުރޭ މިންވަރު އިތުރުވުމުންނެވެ.