ޖުލައި މަހުގެ 16 ވަނަ ދުވަހު ކެތުރީނާގެ 39 ވަނަ އުފަން ދުވަސް ފާހަގަކުރީ ބ އަތޮޅު ސޮނެވާފުށީ ކަމުގައި ކުރޫލީ ނޫހުން ޚަބަރު ދެއެވެ.

ފާއިތުވި ހަފުތާގައި، އުފަން ދުވަސް ފާހަގަ ކުރުަމަށް ފިރިމީހާ ވިކީ ކްޝާލް އާއެކު ކެތްރީނާ ރާއްޖެ އައީ އޭނާގެ އާއިލާގެ މެންބަރުނާއި ފިރިމީހާގެ އާއިލާގެ މެންބަރުންގެ އިތުރަށް މި ދެމަފިރިންގެ ގާތް އެކުވެރިން ނާއިވެސް އެކުގައެވެ.

ކެތްރީނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯ ތަކުގައި އޭނަ އާއެކު ކޮށްކޮ އިޒްބެއްލާ ކެއިފާއި، ޅިޔަނު ސަނީ ކްޝާލްގެ އިތުރަށް މިދަތުރުގެ ގިނަ ބައިވެރިފެނެއެވެ. ޓައިގާ ޒިންދާހޭގެ ތަރި ހިއްސާކުރި ގިނަ ފޮޓޯ ތަކަކީ ރާއްޖޭގެ ގޮނޑު ދޮށުގައިޔާއި މޫދުގައި އެމީހުން ނަގާފައިވާ ފޮޓޯތަކެވެ.

އިންޑިއާގެ ނޫސްތަކުގައި މީގެ ދެ ދުވަސްކުރިން ލިޔެފައިވަނީ ކެތްރީނާ ރާއްޖެ އައިސް އުފަންދުވަސް ފާހަގަކުރާއި އިރު އޭނާ މާ ބަނޑު ކަންވެސް އިއުލާނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ނޫސްވެރިންގެ މި ވާހަކަތަކާ ގުޅޭގޮތުން އޭނާ އެއްވެސް ވާހަކައެއް ނުދައްކައެވެ. މީގެ ކުރިންވެސް ކެތްރީނާ މާ ބަނޑުވެ އިންކަމަށް އިންޑިއާގެ ނޫސްތަކުގައި ލިޔެފައި ވެއެވެ. އެހެނަސް ކެތްރީނާ މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކެތްރީނާ ނޫނަސް ބޮލީވްޑްގެ ވަރަށް ގިނަ ތަރީން އުފަން ދުވަސް ފާހަގަކުރުމަށް ރާއްޖެ އާދެއެވެ. ކެތްރިނާވެސް މީގެ ކުރިން އެތައްފަހަރަކު ރާއްޖެ އަތުވެއްޖެއެވެ. ދިވެހިރާއްޖޭގެ އަތިރިމަތި ތަކާއި ގޮނޑުދޮށްތަކަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ.