ލަސް ވަންދެން ހޭލާ ހުރުމުން ލިބޭ ގެއްލުންތައް

0

ދަން ވަންދެން ހޭލާ ހުރުމަކީ އަހަރުމެންގެ ތެރޭގައި ފުދޭވަރަކަށް އާއްމު ކަމެކެވެ. ޙާއްސަކޮށް ޒުވާނުންގެ ތެރޭގައެވެ. އަދި މީގެ ތެރޭގައި ވަޒީފާގެ ގޮތުން ދަންވަރު މަސައްކަތް ކުރަން ޖެހޭ މީހުންވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ގިނަ ބަޔަކަށް ވެގެންދާނީ ހިތާމަވެރި ޙަބަރަކަށެވެ. އެއީ ހޭލާ ހުރުމަކީ އެއް ބައެއްގެ ގައިގައި ހަރުލާފައިވާ އާދައެކެވެ. އަނެއް ބައި މީހުންނަށް ކާންބޯން ލާރި ހޯދުމަށްޓަކައި ކުރަން މަޖޫބޫރުވެފައިވާ ކަމެކެވެ. ނަމަވެސް ހަޤީގަތަކީ މީއެވެ. ރޭގަނޑު ހޭލާ ހުރުމަކީ ސިއްޙަތަށް ގެއްލުންކުރުވަނި ކަމެކެވެ. ހަމައެއާ އެކު އޭގެން އެއްވެސް ފައިދާއެއް ލިބޭ ކަމަށް ކަމާ ބެހޭ މާހިރުން ދެބަސްވެއެވެ.

• ރޭގަނޑު ހޭލާ ހުރުމުން މިހާގެ ދިފާއީ ނިޒާމުގެ ބާރު ދެރަވެއެވެ.

އަހަރުމެންގެ ދިފާއީ ނިޒާމް ވަނީ ނިންޖާ ގުޅިފައެވެ. ނިދާ ވަގުތުތައް ޤުދުރަތީ ގޮތުން ކަނޑައެޅިފައި ވާއިރު، އަހަރެމެންގެ ހަށިގަނޑު މަސައްކަތް ކުރަނީ އެއާ އެއް ގޮތަށެވެ. ނިދުމުގެ ޤުދުރަތީ ސައިކަލް ބިނާވެފައިވަނީ އަލި ހުންނަ މިންވަރުގެ މައްޗަށެވެ. މިގޮތުން އަލި ނެތް ގަޑީގައި ނިދުމަށް އަހަރުމެން ވަނީ ޕްރޮގްރާމް ކުރެވިފައެވެ. މި އުސޫލުގެ މަތިން ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރޭގަނޑު ގަޑި ހާއްސަވެފައިވަނީ ނިދުމަށެވެ. އަދި ދުވާލު ގަޑި މަސައްކަތްކުރުމަށެވެ. ޤުދުރަތީގޮތުން ކަނޑައަޅާފައިވާ ގޮތާ ހިލާފުވެ، ނިދަން ޖެހޭ ވަގުތު ނުނިދުމުން ބަލިތަކުން ދިފާއުކޮށްދޭ ސެލްސް ގެ ބަދަލުގައި ބަލި އިތުރަށް ގޯސް ކޮށްދޭ ސެލްސް (ޕޮރޯ އިންފްލެމަޓަރީ އިމިޔުން ސެލްސް) އުފެދޭލެއް ގިނަވެއެވެ.

Advertisement

• ރޭގަނޑުގެ ނިދި ނުލިބުމުން ސިކުނޑިއަށް ގެއްލުން ލިބެއެވެ.

ޖަރުމަނުގެ ޔުނިވަރސިޓީއަކުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ދަންވަރު ހޭލާ ތިބޭ މީހުންގެ ސިކުނޑީގެ “ވައިޓް މެޓަރ” އެހެންމީހުންނާ އަޅާ ބަލާ އިރު މަދެވެ. ވައިޓް މޭޓަރއަކީ ސިކުނޑީގެ ނިއުރޯންސް ގުޅުވައިދޭ ބައެވެ. މިބައި މަދުވުމުން ސިކުނޑިންކުރާ މުޢާސަލާތްތައް ހަށިގަނޑަށް ލިބުމުގައި ހީނަރުކަމެއް އާދެއެވެ. އަދި މީގެ އިތުރުން މިކަން ޑިޕްރެޝަން އާގުޅިފައިވެއެވެ.

• ދަންވަންދެން ނުނިދާ ތިބޭ މީހުންގެ ކެއެއުމުގެ އާދަތަށް ތަފާތެވެ.

ނިދާ ވަގުތުތަކާއި ކެއުމުގެ އާދަތައް ވަނީ ގުޅިފައެވެ. ނިދުމުގެ ގުދުރަތީ ސައިކަލް އާ އެއްގޮތަށް ކަންތައް ނުކުރާނަމަ މީހާ މާގިނައިން ކަވައެވެ. އަދި އެކަމުގެ ސަބަބުން ބަރުދަން އެދެވޭ މިންވަރަށް ވުރެ އިތުރުވެއެވެ.

• އޭގެ ސަބަބުން “މެލަޓޮނިން” އުފައްދާ އުފެއްދުމަށް ނޭދެވޭ އަސަރު ކުރެއެވެ.

މެލަޓޮނިން އަކީ މީހާގެ ހަށިގަނޑުގައި އުފެދޭ ހޯމޯންއެކެވެ. ރޭގަނޑު ހޭލާހުރުމުގެ ސަބަބުން އެ އުފައްދާލެއް ދަށަށް ދެއެވެ. އެއާ ވިދިގެން އެހެން ހޯމޯންގެ މަސައްކަތްތަކަށް ވެސް ނޭދެވޭ އަސަރު ކުރަން ފަށައެވެ.

މިކަންކަމުގެ އިތުރުން ރަނގަޅަށް ނިދި ހަމަނުވާނަމަ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ނިދަން މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް ނުނިދެނީ ކަމުގައި ވާނަމަ ނިދަން އެރުމަށް ފަހު ފޯނު، ލެޕްޓޮޕް ފަދަ އެއްވެސް އެއްޗެއް ބޭނުން ނުކުރާށެވެ. ނިދާ ވަގުތާ ކައިރިކޮށް ކޮފީ ބުއިން އަދި ނިދަން އަރާ ކަންތައްތަކާ ވިސްނަން އޮތުމުން ދުރުވާށެވެ. އޮށޯތުމުގެ ކުރިން ކެއުމަކީވެސް ނިދުމަށް ހުރަސް އަޅާކަމެކެވެ. މި ކަންކަމަށް ސަމާލުވުމުން ނިދަން ފަސޭހަވެގެންދެއެވެ.

Advertisements