ޗިކަން ޕަނީނީ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ

0

ބޭނުންވާނެތަކެތި:

Advertisements

• ބޯންލެސް ޗިކަން (ލޮނާއި އަސޭމިރުސް އަޅާ ކައްކާފައި)
• 1 ބޮޑު ފިޔާ (ކޮށާފައި)
• ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
• 1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
• 1 ޓޮމާޓޯ (ކޮށާފައި)
• 1 ކެޕްސިކަމް (ކޮށާފައި)
• ¼ ޖޯޑު މެޔޮނެއިސް
• 2 ސައިސަމްސާ ވިނެގަރ
• ½ ސައިސަމްސާ ލޮނުމެދު (ފުނޑާފައި)
• 4 ބަރގަރ ބަނަސް
• މޮޒަރެއްލާ ޗީޒް ފޮތި
• ކްރާފްޓް ޗީޒް

ތައްޔާރުކުރާނެ ގޮތް:

Advertisements

• ފިޔާ، ހިކަނދިފަތް، ޓޮމާޓޯ، ކެޕްސިކަމް އަދި ގިތެޔޮ މިރުސް ތެޔޮ ފޮދެއްގައި ރަތް ކޮށްލާށެވެ.
• އެއަށްފަހު ކުކުޅު ކޮޅު އަޅާ 2 މިނެޓް ކައްކާލުމަށްފަހު އުނދުންމަތިން ބާލާށެވެ.
• މެޔޮނެއިސް، ވިނެގަރ އަދި ލޮނުމެދު ވަކި ތައްޓެއްގައި އެއްކޮށްލާށެވެ. އަދި ބަނަސް ދެފަޅި ކޮށްލުމަށްފަހު ބޭނުންވާވަރަށް 2 ފަޅީގައި ހާކާލާށެވެ.
• ބަނަހުގެ އެއްފަޅިއަށް ކުކުޅު އެޅުމަށްފަހު ދެވައްތަރު ޗީޒް އަޅާށެވެ.
• އެއަށްފަހު އަނެއްފަޅި ޖެހުމަށްފަހު ޕަނީނީ ފިހާ ޓޯސްޓަރ އެއްގައި 2 -3 މިނެޓް ފިހެލާށެވެ. (އުނދުންމަތީ މަޑު ގިނި މަތީ ވެސް ފިހެވޭނެއެވެ.)

Advertisements