ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީއަކީ މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏެވެ.

އެމްޓީސީސީން ބުނެފައިވަނީ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 72 ޕަސެންޓް މަސައްކަތް މިހާރުވަނީ ނިމިފައިކަމަށެވެ. މީގެއިތުރުން އައު ހާބަރު ބޭސިން ފުންކުރުމުގެ 80 ޕަސެންޓް ވެސް ވަނީ ނިމިފައި ކަމަށް ވެސް އެމްޓީސީސީން ބުނެފައިިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެެހިފައެވެ. 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެެއެވެ. މިއީ 69.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.