ތުއްތު ދަރިފުޅު ވިހާއިރު ބޮލުގައި އިސްތަށި ގިނައީ ކީއްވެ؟

0

އެކި ކުދިން ވިހާއިރު ބޮލުގައި އިސްތަށި ހުންނަ މިންވަރު ތަފާތެވެ. ބައެއް ކުދިންގެ ގިނަ އިރު އަނެއް ބައި ކުދިންގެ ވަރަށް މަދެވެ. މިއީ ކިހިނެއްވާ ކަމެއްބާއޭ ހިތައްއަރާ ތޯއެވެ؟

ދަރިފުޅުގެ އިސްތަށިގަނޑުގެ ކުލައާއި ވައްތަރު އަންނަނީ މައިންބަފައިންގެ ޖީންސް އާއި ނަސްލުންނެވެ. އަދި ސައިންސްވެރިން ޤަބޫލުކުރާގޮތުގައި އިސްތަށިގިނަވުމުގެ ސިއްރަކީވެސް މިއީއެވެ. ގިނަފަހަރު ދަރިފުޅުގެ ހުންނާނީ މަންމަ ނުވަތަ ބައްޕަގެ ހުންނަ ފަދަ އިސްތަށިގަނޑެކެވެ. ނަމަވެސް ތަފާތުވުމަކީ ވެސް އެކަށީގެންވާކެމެކެވެ.

ވިހާއިރު އިސްތަށިގަނޑު ކޮންމެ ގޮތަކަށް އޮތަސް، ފުރަތަމަ 6 މަސްތެރޭ އިސްތަށި ފައިބާން ފަށާނެއެވެ. މިއީ މައްސަލައެއް ނޫނެވެ. އަދި 9 – 12 މަހާއި ދެމެދު އަނެއްކާ އިސްތަށި ފަޅަންފަށާނެއެވެ. އަދި އަލަށް ފަޅާ މި އިސްތަށި ކުރިން ހުރި އިސްތައްޓަށް ވުރެ ފުދޭވަރަކަށް ތަފާތުވާނެއެވެ. ވިހޭއިރު ފަންކޮށް އޮތަސް، ފަހުން ބުޅިކޮށް ފެޅުމަކީ ވެސް އެކަށީގެންވާކެމެކެވެ.

Advertisement

މާބަނޑުދުވަސްވަރު މޭއަންދަނީ ދަރިފުޅުގެ ބޮލުގައި އިސްތަށި ގިނަވުމުން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި 2006 ވަނަ އަހަރު ކުރި ދިރާސާއެއްގައިވެސް އެކަން ވަނީ ސާބިތުވެފައެވެ. ނަމަވެސް ދަރިފުޅުގެ ބޮލުގައި އިސްތަށި ގިނަވާ ސަބަބެއް ސީދާ ސާބިތުވެފައެއް އަދި ނުވެއެވެ.

Advertisements