ސަރަހައްދީ ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފި

0

އިންޑިއާ އަތުން މޮޅުވެ ސަރަހައްދުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިތާ 10 އަހަރު ފަހުން އަނެއްކާވެސް އިންޑިއާގެ މައްޗަށް 2-1 އިން ކުރި ހޯދައި ސާފް ސުޒުކީ ކަޕުގެ ތަށި މިއަދު އުފުލާލައިފި އެވެ.

ގުރޫޕު ސްޓޭޖުގައި ނަތީޖާ ދަށްވެގެން ގުރު ލައިގެން މޮޅުވި ނަމަވެސް ރާއްޖެއިން ވަނީ، ސެމީ ފައިނަލުގައި ނޭޕާލް 3-0 އިން ބަލިކޮށް ރާއްޖޭން ވަނީ ފެންވަރު ދައްކާލައިފަ އެވެ. ވަރުގަދަ ރޫހެއްގައި އެ މެޗު ކުޅުނުއިރު މިރޭ ފައިނަލުގައި ވެސް ދެއްކީ އެ ހިތްވަރާއި ރޫހެވެ.

ގްރޫޕު ސްޓޭޖުގައި 2.0 އަަކުން މޮޅުވި އިންޑިއާގެ މައްޗަށް ރާއްޖެއިން ވަނީ ކުރި ހޯދާފައެވެ. ލީޑު ނެގި މިގޯލް ޖަހާފައިވަނީ، ނާއިޒް ހަސަން(ދާދު) ދިން ބޯޅަޔަކުން  މަހުދީ ހަސަން(ފޭދޫ އިއްބެ) އެވެ.

Advertisement

އިއަށްފަހު އިންޑިއާގެ އެޓޭކިން ކުޅުން ހުއްޓުވުމަށް ރާއްޖެއިން ވަނީ، ގަދަ ކުޅުމެއް ދައްކާފައެވެ. ލިބުނު އަނިޔާގެ ސަބަބުން ޑިފެންޑަރު އަދި ކެޕްޓަން އަކްރަމް އަބްދުލްގަނީ ދަޑުމަތިން ފައިބަަަން ޖެހުނަސް ރާއްޖެއިން ވަނީ، ހިތްްްްްވަރު އެެެލުވާާާނުލަައިި މަަަސަައްްކަތް ކޮށްްްފައެެވެެ.

ރާއްޖޭގެ ދެ ވަނަ ގޯލް ފަހު ހާފުގައި ކައުންޓާ އެޓޭކެއްގައި ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ.

މި މެޗުގެ ފަހު ސިކުންތު ތެރޭ އިންޑިއާއިން ގޯލް ޖެހިނަމަވެސް މޮޅުވާ ގޮތެއް ވަނީ ނުވެފައެވެ.

ބަންގްލަދޭޝްގެ ޑާކާގައި ރާއްޖެ މީގެ ކުރިން 2003 އަދި 2009 ގެ ފައިނަލުން އޮތީ ބަލިވެފަ އެވެ. ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން 2003 ގައި ބަލިވިއިރު 2009 ގައި ޕެނަލްޓީ ޖަހައިގެން ބަލިވީ އިންޑިއާ އަތުންނެވެ.

ފައިނަލް މެޗަށް ރާއްޖެއިން ނުކުތް ސްކްޑުގައި ހިމެނެނީ މި މުބާރާތުގައި ރާއްޖެއާ ނޭޕާލާ ކުޅުނު މެޗުގައި ހިމެނޭ ފުރަތަމަ އެގާރައެވެ. މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ރާއްޖޭގެ ކުރިއަށް ކުޅޭ ކުޅުންތެރިން ހަލުވިކަމުން އިންޑިއާގެ ފަހަތަށް ދިޔައީ ބާރުބޮޑުވަމުންނެވެ.

ރާއްޖެއިން ލަޑުު ޖެހުމަށްޓަކާ ކުރި މަސައްކަތް ކާމިޔާބު ވެފައިވަނީ މެޗުގެެ 18 ވަނަ މިނިޓުގައެވެ. އިންޑިއާގެ ކީޕާރު ވިޝާލް ކެއިތު އަށް ބޯޅަ މަތަކުރުމުގެ ފުރުސަތު ނުދީ މި ލަޑު ޖަހާފައިވަނީ، އޭރިއާ ތެރެއިން ފޭދޫ އިއްބެ އަށް ދިން ބޯޅަ އަކުުުންނެެވެެ.

މިލަޑަށްް ފަހުު އިންޑިއާއިން ވަނީ ރާއްޖޭގެ ފަހަތަށް ވަރަށް ބޮޑަށް ބަރާާުކުުރުުވަަންް ފަށާފައެވެ. އިންޑިއާގެ ޓީމުގެ އަރިމަތިން ދިގުު އެއްލުން އެއްލަން ފެށުމުން، މި ބޯޅަތަށް ހުއްޓުވުމަށް ރާއްޖެއިން ބުރަ މަސައްކަތެއް ކުރަން ޖެހުނެވެ. އެ ގޮތުން މެޗުގެ 31 ވަނަ މިނިޓްގައި އޭރިއާ ތެރެއިން އިންޑިއާގެ ފޯވާޑް މަންވީރު ސިންގް ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

މިމެޗުގެ 37 ވަނަ މިނިޓުގައި ރާއްޖޭ ޓީމުގެ ކެޕްޓަން ފަލަ މަސްގަޑަށް ލިބުނު ގެއްލުމުގެ ސަބަބުން ދަޑުން ފައިބަން ޖެހުނީ، އިންޑިއާގެ ޓީމުން ރާއްޖޭ ޓީމުގެ ފަހަތަށް ބާރު ބޮޑުކުރުވަމުން ދިޔަ ދަޑިވަޅެއްް ގައެވެ. ފުރަތަމަ އަނިޔާ ވުމުންް އޭނާ ވަނީ ފަރުވާ ހޯދައިގެން ދަޑު މައްޗަށް އަރާފައެވެ. ނަމަވެސް ކުޅެވޭ ގޮތްް ނުވުމުގެ ސަބަބުން ވަނީ ދަޑުން ފައިބައިފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އަހުމަދު ނޫމާން (ހެލްމެޓް) އެެވެެ.

މެޗުގެ 41 ވަނަ މިނުޓުގައި ރާއްޖެއަށް ލިބުނު ހިލޭ ޖެހުން ފޮނުވާފައި ވަނީ ގޯލް ދަޑި މަތިންނެވެ. މި ޖެހުން ޖަހާފައިވަނީ، އަލީ ފާސިރު (ސެންޓޭ) އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން އައިރު އިންޑިއާއިން ވަނީ ރާއްޖޭ ޓީމުގެެ ފަހަތަށް ޑޮމިނޭޓް ކޮށްފައެވެ. ނަމަވެސް ރާއްޖޭ ޓީމުގެެ ކީޕަރު މުހައްމަދު ފައިސަލް ދިޔައީ އެ ބޯޅަތައް ހުއްޓުވުމުގައި ކާމިޔާބު ހޯދަމުންނެވެ.

މެޗުގެ 65 ވަނަ މިނުޓުގައި ރާއްޖެއިން 2 ވަނަ ގޯލް ޖަހާފައި ވަނީ، ސެންޓޭ އެވެ. ހަމްޕު ހުސްކޮށްލާފަައިި ދިން ބޯޅަ އިންޑިއާ ޓީމުގެ ޑިފެންޑަރު ދޫ ކޮށްލުމުން ސެންޓޭ ވަނީ ބޯޅަ ހޯދާ ދެވަނަ ގޯލް ޖަހައިދީ ފައެވެ. ވަރަށް ހަމަޖެހިލައިގެން ސެންޓޭ މިބޯޅަ ފޮނުވާފައިވަނީ، ގޯލުގެ ދުރު ކަނަށް ތިރިތިރިން ނެވެ.

ރާއްޖޭ ޓީމުގެެ އަކޫ އަށް މެޗުގައި ނުކުޅެވުނު ނަމަވެސް އޭނާ ދިޔައީ ބެންޗުގައި ހުރުގެން ޓީމަށް ހިތްވަރު ދެމުންނެވެ. ރެފްރީ ގެ ނިންމުންތަކަށް ނުރުހުން ފާޅު ކުރުމުގެ ސަބަބުން އަކޫ އަށް ވަނީ ރީދޫ ކާޑެއްވެެސްް ދައްކާފައެވެ.

މެޗުގެ ފަހު ދިހަ މިނުޓުގައި ބަދަލު ކުރުންތެރިޔާ ގޮތުގައި ނުކުތް އަސަދުﷲ އަބްދުﷲ ވަަަނީ މެޗުގެ 81 ވަނަ މިިިނުޓުުުުގައިި ގޯލްް ޖެހުމަށް ރަނގަަަަޅު ފުުުރުުސަަތެެއްް ލިބިފައެވ. ފޭދޫ އިއްބެ ދިން ބޯޅައަކުން އަސަދުﷲ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. ފަހު ވަގުތު އިންޑިއާ އިން ގިނަ ހުރަސްތަކެއް ޖަހައިގެން ލަނޑު ޖަހަން މަސައްކަތްކުރި ނަމަވެސް ކީޕަރު ފައިސަލް ވަނީ އެ ބޯޅަތަށް މަތަކޮޅް އިިިންޑިއާ ޓީމުގެ ހަމަލާތަށް ނާކާމިޔާބު  ކޮށްްްފައެވެ.

މެޗުގެ އިތުރު މިނުޓަަށްް ލިބުނު ފަސްމިނުޓުގައި އިންޑިއާގެ ޓީމަށް ލަޑު ޖަހައިދީފައި ވަނީ، ސުމިތު ޕާސީ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރޭގައި ހުސްކޮށްހުރެ އެވެ. އޭގެ ފަހުން ރާއްޖެ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ސެންޓޭ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.

މި ކާމިޔާބީ އަކީ ގައުމީ ކޯޗު ޕީޓާ ސެގާޓް އަށް ވެސް ހާއްސަ ކާމިޔާބެކެވެ. މި މުބާރާތް އެންމެ ފަހުން 2015 ވަނަ އަހަރު ޓްރިވެންޑްރަމްގައި އޮތްއިރު ސެގާޓް އިރުޝާދުދިން އަފްގާނިސްތާން ފައިނަލުގައި ބަލިވީ އިންޑިއާ އަތުންނެވެ. މިއީ އިންޑިއާގެ ކޯޗުކަމާ އިންގްލެންޑްގެ ސްޓެފަން ކޮންސްޓަންޓިން ހަވާލުވި ފަހުން އެ ޓީމު އަތުން ރާއްޖެ ހޯދި ފުރަތަމަ މޮޅެވެ.

Advertisements