އެމެރިކާ ޑޮލަރާ ދެކޮޅަށް ރުޕީސްގެ އަގު ދަށަށް ދިއުމާ ގުޅިގެން އެކި ފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ދެކޮޅަށް އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން ގެރެންޓީތަކެއް ދެއްވައިފިއެވެ.

އެކަމަނާ ވިދާޅުވީ ރުޕީސްގެ އަގުގެ ވެއްޓުމެއް ނެތް ކަމަށާއި، ރުޕީސްގެ ހަމަ އަގު މިހާރު ހޯދުމަށް މިހާރު މަގު ހިފާފައިވާ ކަމަސެވެ.

އިންޑިއާގެ ޕާލަމެންޓްގެ މަތިގެ ރާޖްޔާ ސަބާއަށް ސިތާރާމަން މައުލޫމާތު ދެއްވި ގޮތުގައި، ރިޒާވް ބެންކު އޮފް އިންޑިއާއިން ކެނޑިނޭޅި ރުޕީސްގެ އަގަށް އަންނަމުންދާ ބަދަލު މޮނިޓާ ކުރަމުންދާ ކަމަށާއި އިތުރު ހަލަބޮލި ކަމެއް އުޅޭ ނަމަ ސަލާމަތް ކުރުމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.