މެދުތެރޭ އޭޝިއާ އާއި ދެކުނު އޭޝިއާއާ ކަރަންޓު ވިއުގައަކުން ގުޅުވާލުމަށް ކަރަންޓް ލައިނެއް އެޅުމަށް ހުޅަނގުގެ ތާއީދާއެކު ފަށާފައިވާ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއަށް އަފްޣާނިސްތާނުގައި އުފެދިފައިވާ ހަލަބޮލިކަމުގެ ސަބަބުން ހުއްޓުން އަރާފައި ވެއެވެ.

ކާސާ-1000 މަޝްރޫއުގެ މަގުސަދަކީ ހައިޑްރޯއިލެކްޓްރިކް އިންޖީނުގެތަކުގެ ފުޅާ ނެޓްވޯކެއް އޮންނަ ކުރީގެ ސޯވިއެޓް ޖުމްހޫރިއްޔާތައް ކަމަށްވާ ތާޖިކިސްތާނާއި ކިރްގިސްތާނަށް ހޫނު މޫސުމުގެ މަސްތަކުގައި ޕާކިސްތާނާއި އަފްޣާނިސްތާނަށް އިތުރު ހަކަތަ ވިއްކުމުގެ ފުރުސަތު ހޯދައި ދިނުމެވެ.

ތާޖިކިސްތާނުގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފީހުގެ ވެރިޔާ ފައިޒާލީ ސަމިޔޭވް ވިދާޅުވީ އަންނަ އަހަރު ކުރީކޮޅު ނިންމުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ މަސައްކަތް ތިން ގައުމެއްގައި ކުރިއަށްދާ ކަމަށާއި ނަމަވެސް އަފްޣާނިސްތާނުގައި އެ މަސައްކަތުގެ އެއްވެސް ބައެއް ކުރިއަށް ނުގެންދެވޭ ކަމަށެވެ.

ކާސާ-1000 އަށް ސަޕޯޓުދޭ ވޯލްޑް ބޭންކުން އަފްޣާނިސްތާނުގައި ހިންގާ މަޝްރޫއުތަކަށް ފައިނޭންސް ދިނުން ކުރިއަށް ގެންދަނީ އދ ގެ ޖަމާއަތްތަކުންނެވެ. ޕާކިސްތާނާއި އަފްޣާނިސްތާނަށް 300 މެގަވޮޓްގެ ކަރަންޓް ދިނުމަށް ފަރުމާކޮށްފައިވާ ކާސާ-1000 މަޝްރޫއަށް އދގެ ޖަމާއަތްތަކުން ވަނީ ފައިސާ ދިނުން ހުއްޓާލާއެވެ.