ޗައިނާގެ ޔުއާންގެ އަގު ހޯމަ ދުވަހު ދެ އަހަރު ދުވަހުގެ ދަށަށް ދަށަށް ގޮސްފައި ވަނީ

ޗައިނާގައި ދެ ހަފްތާގެ ތެރޭގައި ބެއިޖިން އިން ދެވަނަ ފަހަރަށް އިންޓަރެސްޓް ރޭޓް ކަނޑާލުމާ ގުޅިގެން ޗައިނާ ފައިސާ ޔުއާޏްގެ އަގު ދެއަހަރު ދުވަހުގެ ތެރޭގައި ދަށަށް ނުދާވަރަށް ދަށަށް ގޮސްފައި ވެއެވެ.

ޔުއާންގެ އަގު ޑޮލަރާ އަޅާބަލާއިރު 6.86 އަށް ބަދަލުވަމުން ދިޔައީ، މާކެޓްތައް ވެރިވެފައިވާ ހީނަރުކަމާ ގުޅިގެން ކްރެޑިޓްގެ ދާއިރާ އަލުން ދިރުވަން ބެއިޖިން އިން ހަރުކަށި ގޮތަކަށް މަސައްކަތް ކުރަމުންދާތީ އެވެ. ޕީޕަލްސް ބޭންކް އޮފް ޗައިނާއިން ބެންޗްމާކް ފަސް އަހަރުގެ ލޯނުގެ ޕްރިމިއަމް ރޭޓް %4.45 އިން %4.30 އަށް ކުޑަކޮށްފައިވެއެވެ. ސީއެންބީސީއާ ވާހަކަ ދައްކަމުން މުހައްލިލުން ބުނާ ގޮތުގައި ޗައިނާގައި އިންޓަރެސްޓް ރޭޓް ކަނޑާލުމަކީ އިގްތިސާދު ދިރުވުމަށް ހިތްވަރު ލިބޭ ކަމެއް ކަމުގައިވި ނަމަވެސް، މިއަށްވުރެ ފައިދާ ބޮޑު ފިޔަވަޅަކަށް ވާނީ ބެއިޖިން އިން ގެންގުޅޭ "ޒީރޯ-ކޮވިޑް" ސިޔާސަތު ތަންފީޒު ކުރުމަށް ނިންމާފައިވާ ހަރުކަށި ކޮވިޑް-19 ގަވާއިދުތަކަށް ލުޔެއް ދިނުމުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އެގައުމު އަރައިގަންނަމުންދާއިރު ޗައިނާގެ މާކެޓްތައް ވަނީ ދަށަށް ގޮސްފަ އެވެ.

ޗައިނާއިން އެންމެ ފަހުން ބެންޗްމާކް ރޭޓް ބޮޑުކުރި ތިން ފަހަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގތުމަށް ފިޔަވަޅެއްގެ ގޮތުގައެވެ.