އަނބިމީހާއަށް ދޭ އޯގާތެރިކަމާއި ލޯބި، މައްސަރު ދުވަސްކޮޅު އިތުރުކުރުން މުހިއްމު!

މައްސަރު ދުވަސްކޮޅަކީ ގިނަ އަންހެނުންނަށް ވޭން ހުރި ދުވަސްކޮޅެކެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ރިއްސާ އެނދުމަތީ ހިރިނުލެވިފައި އޮންނަ މީހުންވެސްމައްސަރު ދުވަސްކޮޅު އަނބިމީހާއަށް އޯގާތެރިވުން މުހިއްމެވެ.

Advertisement

މައްސަރު ދުވަސްކޮޅަކީ ގިނަ އަންހެނުންނަށް ވޭން ހުރި ދުވަސްކޮޅެކެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ރިއްސާ އެނދުމަތީ ހިރިނުލެވިފައި އޮންނަ މީހުންވެސް މަދެއްނޫނެވެ. އަދި ޖިސްމާނީ ތަދުގެ އިތުރުން ނަފްސާނީ ގޮތުން ވެސް އެއީ ބާރުކުރާ ކަމެކެވެ. ފަސޭހައިން ދެރަވެ، މޫޑު ބަދަލުވުން އެއީ އާއްމުކޮށް ދިމާވާކަންތައްތަކެވެ.

އަޅުގަނޑުމެންގެ ކީރިތި ރަސޫލުﷲ ﷺ ދެއްކެވި ރިވެތި މިސާލަށް ބަލާލިއަސް، މައްސަރު ދުވަސްވަރު އަނބިމީހައަށް ދޭންޖެހޭ އަޅާލުން ތަސައްވަރުކުރެވޭނެއެވެ. ވީމާ ތިބާގެ އަނބިމީހާގެ މައްސަރު ދުވަސްކޮޅު އޭނާއަށް ދޭ އަޅާލުން އިތުރުކުރާށެވެ.

ބަނޑަށް ނުވަތަ ބުރަކަށީގައި ރިއްސާކަމަށް މާ ބޮޑަށް ހެދެނީ ކަމަށް ބުނެ އެކަމަށް މަލާމާތްނުކުރާށެވެ. އަންހެނަކަށް އަޅާވޭން ތިބާއަކަށް ތަސައްވަރެއް ނުކުރެވޭނެއެވެ. އަދި ވީހާވެސް އޯގާތެރިކޮށް ވާހަކަ ދައްކާށެވެ.

ޤަބޫލުކުރަން ޖެހޭ ކަމަކީ މައްސަރު ދުވަސްކޮޅު ވަރަށް ފަސޭހައިން ރުޅި އައިސް ދެރަވުން އެކަށީގެންވާކަމެވެ. ވީމާ ރުޅި އަންނަ ކަހަލަ އެއްޗެހި ނުބުނެވޭތޯ ކެތްކުރާށެވެ. އެއީ އެތައް ވޭނެއް އަޅާއިރު ރުޅި އައިސް ހިތްހަމަ ނުޖެހުން ވަރަށް ގާތްވާނެތީއެވެ.

ހަމަ މިއާއެކު މައްސަރު ތަދު ތިރިކޮށްދިނުމަށް އޭނާ ގާތު އިނދެ ޤުރުއާން ކިޔަވާ، ހޫނުފެން އަޅާ ހަން ޖައްސައިދިނުން ފަދަ ކަންތައްތައް ކޮށްދޭށެވެ. އަދި އޭނާއާ ވާހަކަ ދައްކާ މޫޑު ރަނގަޅުކޮށްދިނުމަށް މަސައްކަތްކުރާށެވެ. މިގޮތަށް ކަންތައްކުރުމުން އެވާ ތަދު މަތިން ވަގުތު ކޮޅަކަށްވެސް ހަނދާންނެތިދާނެއެވެ.

މީގެ އިތުރުން މައްސަރު ދުވަސް އައުމުންނޭ ކިޔާފައި އޭނާއާ ވާހަކަ ނުދައްކާ ދުރު ދުރުން ނޫޅޭށެވެ. މައްސަރަކީ ޤުދުރަތީ ކަމެކެވެ. އެކަމާ ފަކުރު ގަނެ އޭނާއަށް އެފަދަ އިހުސާސެއް ކޮށްދިނުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ.

އަނބިމީހާ އަށް އަބަދުވެސް އޯގާތެރިވުމަކީ ތިބާގެ ޒިންމާއެކެވެ. އަދި އެއީ ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް މެއެވެ. ހަމަ މިއާއެކު ޙާއްސަކޮށް މައްސަރު ދުވަސްވަރު އިތުރަށް އަޅާލާ އޯގާތެރިވުން ވަރަށް މުހިއްމެވެ.

މަދެއްނޫނެވެ. އަދި ޖިސްމާނީ ތަދުގެ އިތުރުން ނަފްސާނީ ގޮތުން ވެސް އެއީ ބާރުކުރާ ކަމެކެވެ. ފަސޭހައިން ދެރަވެ، މޫޑު ބަދަލުވުން އެއީ އާއްމުކޮށް ދިމާވާކަންތައްތަކެވެ.

Advertisements