އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ "ހައްގު ކާމިޔާބު ވެރިޔާ" (އަކީ އޭނާ ކަން) އިއުލާން ކުރުމަށް ނޫނީ ވަގުތުން އައު އިންތިޚާބެއް ބޭއްވުމަށް ގޮވައިލާފައެވެ. ޓްރަމްޕްގެ މައްޗަށް ދައުލަތުގެ ސިއްރު ވަގަށް ނަގަފައިވާ ކަމަށް ދައުވާ ކުރެވޭނެތީ އޭނާއާއި އޭނާގެ ބައިވެރިން ގެންދަނީ ނޮހޮރޮއްޕާން ކުރުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ.

މީސްމީޑިއާއިން އެކަހެރިކޮށްފައިވާ ޓްރަމްޕްގެ މި ވާހަކަތައް އިއުލާން ކޮށްފައިވަނީ އޭނާ ހިންގާ ޓުރުތު ސޯޝަލްގައެވެ.

ޓްރަމްޕް ބުނަނީ 2020ގެ ރިއާސީ އިންތިޚާބުގެ ކުރިން އެފްބީއައި އިން ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ބޭޒާރުވާފަދަ މައުލޫމާތު ހުރި ރައީސް ބައިޑެންގެ ދަރިފުޅު ހަންޓަރގެ ލެޕްޓޮޕްގެ ވާހަކަ އޮބާލާފައެވެ.

އެމެރިކާގެ ސެނެޓަރ ލިންޑްސޭ ގްރަހަމްވެސް ފޮކްސް ޓީވީގައި ވާހަކަ ދައްކަވަމުން އިންޒާރު ކުރައްވާފައި ވަނީ ޓްރަމްޕް ހައްޔަރުކޮށްފިނަމަ މީހުން މަގުތަކަށް ނިކުންނާނެ ކަމަށެވެ.

ގްރަހަމްއަކީ ޓްރަމްޕްގެ ވާގިވެރިކަމާއެކު ހައްދުފަހަނައަޅާފައިވާ ކަނާތުފިޔާގެ ކްރިސްޓިއަން ދީން ފަތުރުމުގެ މަސައްކަތުގައި އުޅޭ ޖަމާއަތެއްގެ އިސްފަރާތެކެވެ.