ރާއްޖޭގެ ކުރީގެ ރައީސްލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށްލުމަށް ބޭރުގެ ސަރުކާރަކުން ދިވެހި ސަރުކާރަށް ނުވަތަ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އެންގި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޖެހި ޚަބަރު ރައީސް އޮފީހުން ދޮގުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ވިިދާޅުވެފައިވަނީ އެއްފަދަ އެންގުމެއް އެއްވެސް ފަރާތަކުން އަންގާފައި ނުވާކަަމަށާއި އެއީ ނޫސްވެރިކަމުގެ ނިވާފަތްގަނޑުގައިި ތިބެެގެން އެ ޚަބަލު ލިޔުނު ލިޔުންތެރިޔާ ފެތުރި ދޮގު ޚަބަރެއް ކަަމަށެވެ. އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި އެއީ ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން، ނޫސްވެރިކަމުގެ ހަމަތަކާއި ޚިލާފަށް، ލިޔެފައިވާ ޚިޔާލީ ވާހަކައެއް ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ޖަލަލަށްލުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެންގެވީ އިންޑިއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރު ކަމަށް ރާއްޖޭގެ އޮންލަައިން ނޫހެއްގައި ލިޔެފައިވެއެވެ. މިފަދަ ވާހަކަތަކުގެ ސަަބަބުން ދޭދޭ ގައުމުތަކުގެ ގުޅުން ހީނަރުވެދާނޭ ކަމަށާއި އެހެން ކަމުން އެއްވެސް ހަގީގަތެއްނެތް ވާހަކަތައް ނުފެތުރުމަށް ރައީސް އޮފީހުން ވަނީ އިލްތިމާސް ކުރައްވައިިފައެވެ.