ފައުޒިއްޔާ ޙަސަން (އުއްސަކުރު ފައުޒިއްޔާ) ނިޔާ ވެއްޖެއެވެ. އޭނާ ނިޔާވީ އަވަށްޓެރި ސްރީލަންކާގެ، ލަންކާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އޭނާއަށް ފަރުވާދޭން ޖެހުނީ ކުއްލިއަކަށް މެޔަށް އެރި ތަދެއްގެ ސަބަބުން ކަމަށް އެނގިފައިވެއެވެ.

ފައުުޒިއްޔާއަކީ ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި ގިނަދުވަހު މަސައްކަތް ކުރެއްވި ކުޅަދާނަ ފަންނާނެކެވެ. އެ ދާއިރާގައި އޭނާ ހަރަކާތްތެރިވާން ފަށާފައި ވަނީ އުމަރުން އެންމެ 14 އަަހަރުން ފެށިގެންނެވެ.

އޭނާއަކީ ހިތްހެޔޮ އެހާމެ ސަމާސާ ކުރައްވާ އަދި ސީރިއަސް ހާލަތުގައި ސީރިއަސް ބޭފުޅެއް ވެސް މެއެވެ. ފައުޒިއްޔާއަކީ ކަންކަމުގައި ހީވާގި އެހާމެ ކެރޭ މުރާލީ ބޭފުޅެކެވެ. ފައުޒިއްޔާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.