އޮސްޓްރިއާގެ މިއަވަށުގައި އެންމެ ގިނައިން މީހުން ވަގަށް ނަގާ އެއްޗަކީ މިއަވަށުގެ ނަން ޖަހާފަ ހުންނަ ނަންބޯޑްތަކެވެ. ނިކަން ގަޔާވެގެން ކޮށްލާ ކަމެއްތާއެވެ!

ބޮލާ ނުކުޅަދާނަ ވެގެން، އަވަށުގެ މޭޔަރ އެންޑްރިއާ ހޯލްޒްނަރ ވަނީ އަވަށުގެ ނަން ބަދަލުކުރެއްވުމަށް ނިންމަވާފައެވެ. 1 ޖެނުއަރީ 2021 އިން ފެށިގެން މިއަވަށަށް ދެން ކިޔާނީ "ފަގިންގ" އެވެ.

މިއަވަށަށް މިހާރު ކިޔާނަން، ތިބާގެ އިނގިރޭސި ޕްރެކްޓިސްކޮށްލުމަށް ދޫކޮށްލާނަމެވެ.

މިއަވަށުގެ ނަން ބަދަލުކުރުމަށް އަވަށުގެ ސަތޭކައެއްހާ މީހުންގެ އާބާދީން ގޮވާލާތާ އަހަރުތަކެއް ވެއްޖެއެވެ. ބޮޑެތިކަންތައް ވާން ވަގުތު ނަގާ ބީދައިން ނުވަ މަހާއި ދިހައަށް ވުރެން ދިގު ޒަމާނަކަށްފަހު މިއޮތީ އަވަށުގެ ނަން ބަދަލުކުރުމުގެ ވަގުތު އައިސްޖެހިފައެވެ.

މިއަވަށަށް "ފަކިންގ" ގެ ނަން ކިޔާތާ ހާހެއްހާ އަހަރު ވެއްޖެއެވެ.

މިއަވަށަކީ މިއުޒިކްގެ ދުނިޔޭގެ މަޝްހޫރު ސިޓީ ސާލްޒްބަރގް އާ ކައިރީގައި ޖަރުމަންވިލާތުގެ ސަރަހައްދާ އިންވެގެން އޮންނަ އަވަށެކެވެ. މިއަވަށަށް ކިޔާ ނަމަކާއި ޖަރުމަން މީހުންގެ އަމަލަކާ ގުޅުމެއް ނޯވެއެވެ. އަދި އެ މާނައެއްވެސް އެމީހުންގެ ބަހުން ދޭހައެއް ނުވެއެވެ.