ދިހަ އަހަރު ދުވަހަށް އެއް ފޯނެއ ްގެންގުޅެން ބޭނުން ހެއްޔެވެ؟ ތަޖުރިބާކާރުން ބުނަނީ ވެދާނެ ކަމެއް ކަމަށެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މައްސަލައަކީ ފޯނު ކުޑަކޮށް ލުމަށްޓަކައި އޭގައި އިސްކުރު ބޭނުން ކުރުމުގެ ބަދަލުގައި ތެރަސްލައިގެން ސާމާނުތައް ތަތްކޮށްފައި ހުރުމުން އެތަކެތި ނައްޓައި ނުލެވެނީ ކަމަށެވެ.

އެހެންވެސް ފޯނު ކުންފުނިތަކަށް ފައިދާ ވަނީ އައު މޮޑެލްތައް ނެރެ ހެދުމުންނެވެ.

ދިހަ އަހަރަށް ބޭނުން ކުރެެވޭ ވައްތައްރުގެ ފޯނެއް މިހާރުވެސް ވިއްކަމުން ދެއެވެ. އެކަމަކު އެފޯނު ލިބެނީ ޔޫރަޕުން އެކަންޏެވެ.

ނެދަރލެންޑްގެ އެމްސްޓަރޑަމްގައި އަލަށް ފޯނު އުފައްދަން ފަށފައިވާ ސްޓާޓްއަޕެއް ކަމަށްވާ ފެއާފޯނުން އުފެއްދި 580 ޑޮލަރުގެ ފެއާފޯން 4 އެއީ ޒަމާނަކަށް ގެންގުޅެވިދާނެ ފޯނެކެވެ.

ހަމައެކަނި ޔޫރަޕްގައި ވިއްކާ ފެއާފޯން 4 ގައި ޕްލާސްޓިކް ކަވަރެއް އަޅުވާފައި ހުންނަ އިރު އެ ކަވަރު ފަސޭހައިން ނައްޓާލެވި އެތެރޭގެ ސާމާނު ބޮޑި ހާވާލެވެއެވެ. ހަމަ ހޭގައި ހުރެގެން ހިނދުކޮޅެއްގެ ތެރޭގައި އޭގެ ބައިތައް ފަސޭހަ ކަމާއެކު ބަދަލުވެސް ކޮށްލެވެއެވެ. އިސުކުރުތައް ނައްޓައިގެންނެވެ.

ފެއާފޯނުގައި ކަމެއް ގޯސްވެއްޖެނަމަ، ނުވަތަ ބިންމައްޗަށް ވެއްޓި ތަޅައިގެން ހިނގައްޖެނަމަ ބަދަލުކޮށް ފަސޭހައިން ރަނގަޅު ކުރެވޭނެ އެވެ.