ހއ. މާރަންދޫ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނީން މިއަދު ބުނީ މިއީ އާރް.ޓީ.އެލް. ފެރީ ނިޒާމްގެ ދަށުން ޒޯން 1 ގައި ގާއިމުކުރެވޭ ފެރީ ސްޓޮޕެއް ކަމަށެވެ.

މާރަންދޫ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި، ކިއޮސްކަކާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކީން ފާޚާނާއާއި ވެއިޓިންގް އޭރިއާއެއް ހިމެނެއެވެ.

ސަރުކާރުން މަސައްކަތް ކުރަނީ އަންނަ އަހަރުގެ ނިޔަލަށް މުޅިރާއްޖެ ވަށައިޖެހޭ ފެރީގެ ނިޒާމެއް ގާއިމް ކުރުމަށެވެ. އެމްޓީސީސީން މިހާރުވަނީ ފުރަތަމަ ފިޔަވަހީގެދަށުން ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްރަށަށް ފެރީގެ ނިޒާމް ތައާރަފް ކޮށްފައެވެ.