ބާރަ މީހުންނާއެކު މަސްވެރިކަން ކުރަމުންދިޔަ މަސްދޯންޏެއް ފަރަކަށް އަރައިފިއެވެ. ފަރަށް އަރައިފައިވަނީ ކ.ގާފަރު، "ހުދަންބަރު 12" ދޯންޏެވެ. އެއީ 28 ފޫޓުގެ މަސްދޯންޏެކެވެ. ދޯނި އަރައިފައިވަނީ ފ.ހިމިތި ކަނޑުގެ ދެކުނު ފަރާތު ކަންމަތީ ފަރަށް ކަމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ ވިދާޅުވެފައެވެ.

މި މައުލޫމާތު ލިބުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ސިފައިން ގެންދަނީ ދޯންޏަށް އެހީތެރިވަމުންނެވެ.

މި ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 6:30 އެހާއިކަންރުއެވެ. މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ހާބަރކްރާފް 111 އުޅަނދުގައި ސިފައިން އެ ސަރަހައްދަށް ގޮސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދިވެސް ދޯނި ފުންކުރެވިފައެއް ނުވެއެވެ.