ޔޫއޭއީގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަދުވަސްވީ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ޑަނާޓާ ޓްރެވަލްސް އިން ބުނީ 2022 ވަނަ އަހަރު ޔޫއޭއީ އިން އެންމެ ގިނަ ފަތުވެރިން ދަތުރުކުރި 5 މަލްޒިލްގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ.

އެގޮތުން ޔޫއޭއީ އިން ސަމާ ހޮލިޑޭގައި އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރި 5 މަންޒިލަކީ ތުރުކީ ވިލާތާއި، ތައިލެންޑް، މޮރިޝަސް، ދިވެހިރާއްޖެ އަދި ސުވިޒަލޭންޑެވެ.

ރެހްލެޓީ ބައި ޑަނާޓާ ޓްރެވެލަސްގެ ވެރިޔާ މީރާ ކެތައިތު ބުނީ 2021 ޖޫންއިން ސެޕްޓެމްބަރަށް ޔޭއޭއިން ދަތރުކުރި މީހުންގެ 40 ޕަސެންޓް ދަތުރުކުރީ ދިވެހިރާއްޖެ އާއި، ތުރުކީ އަދި ސްވިޒަލޭންޑަށެވެ. ހަމަ އެހެންމެ މިއަހަރުގެ ހަމަ އެ ދުވަސް ވަރު ޔޫއޭއީން ފަތުރުވެރިން ދަތުރުކުރި މަންޒިލްތަތަކުގެ ތެރެއިން 25 މަންޒިލެއް އިތުރުވެފައިވާކަމަށްވެސް އޭނާ ބުންޏެވެ.

ޑަނާޓާ ޓްރެވަލްސްއިން ހާމަކުރި ގޮތުގައި މިހާރު އޭޝިއާގެ ގިނަ ގައުމުތަކަށް ޔޫއޭއީން ދާ ފަތުރުވެރީން އިތުރުވާން ފަށައިފިއެވެ. އެގޮތުން ތައިލޭންޑް ސިންގަޕޫރާއި، މެލޭޝިޔާ، އިންޑޮނޭޝިޔާއަށް ދިއުމަށް ޖާގަ ހޯދާމީހުން ކުރިއަށްވުރެ ގިނަވެއްޖެ އެވެ.