ރައީސް ޝީގެ ފޮޓޯއަށް ކަޅު ކުލަ ޖެހި ކުއްޖާއާ ބައްޕަ ބައްދަލު ކުރުމަށް ހުއްދަ ދީފިއެވެ. ޑޮންގ ޔާއޮޕިއޮންގ ޓުއިޓާގައި ބުނެފައި ވަނީ އޭނާއަށް ސަރުކާރުން ފާރަލުމާއި އަދި އޭގެ އިތުރުން އަޅާފައިވާ ހުރަސްތަކާހެދި އެނާގެ ނަފްސާނީ ހާލަތު ގޯސްވެފައިވާ ކަމަށެވެ. އޭނާގެ ރުހުމާ ދެކޮޅަށް ސަރުކާރުން ވަނީ މޮޔައިންގެ ހަސްފަތާލެއްގައި ދެފަހަރު މަތިން އޭނާ ބާއްވާފައެވެ.

ޑޮންގ ގެ މައްސަލައަކީ 2018ގައި ރައީސް ޝީ ޖިންގޕިންގގެ ފޮޓޯއަށް އޭނާ ކަޅު ކުލަ ޖަހައި އެ ކަންކުރާ މަންޒަރު އޭނާ ވީޑއޯކޮށް ދެއްކުމެވެ.

ޑޮންގ ބުނަނީ ރައީސް ޝީގެ ޚުދު މުޚުތާރު ގޮތްތަކަށް އޭނާ ތާއީދު ނުކުރާ ކަމަށެވެ. ޑޮންގއަކީ ޝެންހާއީގެ ރައްވެއްސެކެވެ.

އުމުރުން 31 އަހަރުގެ ޑޮންގ ހޯމަ ދުވަހު ޓުއިޓާ މެދުވެރިކޮށް ބުނެފައިވަނީ އޭނާ ހަޅުތާޅު ކުރުމުން މިހާރު ބައްޕައާ ބައްދަލު ކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އޭނާގެ މައިންބަފައިން ވަރިވެފައި ވުމުގއެ ސަބަބުން އޭނާ ދިރިއުޅެނީ އޭނާގެ މަންމައާއެކުގައެވެ.

ޑޮންގގެ ބައްޕައާ ބައްދަލުކުރުމަށް ސަރުކާރުން އޮތީ މަނާކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ ޑޮންގ އަކީ ބޯހަމަނުޖެހޭ ކުއްޖެއްކަމަށެވެ. އެހެންވެ، އޭނާ އާ އޭނާގެ ބައްޕައަށް ބައްދަލު ނުކުރެވޭނެ ކަމަށެވެ.

ޑޮންގގެ ރައްޓެއްސަކު ބުނެފައިވާ ގޮތުގައި ގައުމީ ސަލާމަތާ ބެހޭ ފުލުހުން ވަނީ ޑޮންގއަށް ޒިޔާރަތްކޮށް އޭނާގެ ޓުއީޓްތައް ޑިލީޓް ކުރުވާފައެވެ.