ޑެންގީ ހުން ޖެހިގެން ކުޑަކުއްޖަކު ނިޔާވެއްޖެއެވެ. އުމުރުން 8 އަހަރުގެ އެކުއްޖާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދނުގެ ވަގުތެއްގައެވެ. އެކުއްޖާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

އައިޖީއެމްއެެޗުގައި މަސައްކަތްކުރާ ކުޑަކުދިންނަށް ޚާއްސަ ޑރ. ފައިސަލާ ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ ރ. އަތޮޅާއި މ. އަތޮޅުގައި ޑެންގީ އިތުރުވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށެވެ. މި ދުވަސްވަރު ޑެންގީ ހުމާއި އެހެނިގެން ރޯގާ ފެެތުރިދާނޭ ކަމުގެ އިންޒާރުކަމާ ބެހޭ ފަރާތްތަކުން ކުރިންވެސް ވަނީ ދީފައެވެ.