އަމީނީ މަގު ހަދަމުންދާ ގޮތާމެދު މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެއެެވެ.

މޭޔަރު މުއިއްޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށްފުޅާކޮށް، މަގުގެ ދުއްވަން އޮންނަބައި 25 ފޫޓުން 21 ފޫޓް 10އިންޗިއަށް ހަނިކޮށްކަމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެނޭ،" ކަމަށެވެ،

ބިމުގެ އަޑިއަށްލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" އަނެއްކާވެސް ފެންނަނީ ބިމުން މަތީގައި ހަދަމުންދާތަން ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

ޑރ. މުއިއްޒުގެ މި ޓުވީޓަށް ރަައްދު ދެއްވައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަަން މޫސާމަނިކު ވިދާޅުވެފައިވަނީ "މަގު ފުޅާކޮށް ހުރެފާ ހިނގާބައި ހަނިކޮށް އޮވެފަ ސައިކަލާ ކާރާ ލޮރީ ޕާކްކުރީމަ ދުއްވާނެޖާގައެއްވެސް ނެތް ހިނގާނެ ޖާގައެއްވެސް ނެތް؟ މާލޭގެ ދިރިއުޅުންފަހިކޮށްދޭންވިދާޅުވި މޭޔަރ ބައްލަވާ އަދިވެސް ހިނގާނެ ޕޭވްމަންޓުނެތް ކިތަށް މަގުއެބައޮތްތޯ މާލޭގައި،؟"

މާލޭ އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ އާރުޑީސީންނެވެ.