ރޭކާގެ ރީތިކަމާއި ޒުވާންކަމަށް ދައްކާ ވާހަކައަކީ ހަމަ އެކަނި ބޮލީވުޑްގައި މަޝްހޫރުވާހަކައެއްނޫނެވެ. އޭނާގެ އުމުރަށޤވުރެ މާ ޅަކަމަށް ދައްކާ ކަމަށާއި ރޭކާގެ ހަންގަޑުގެ ރީތި ވާހަކައަކީ އާންމުންގެތެރޭގައިވެސް ވަރަށްގަދައަށް ދެކެވޭ ވާހަކައެކެވެ.

ރޭކާ ބުނާގޮތުގައި އޭނާ ރީތިކޮށް ހުރުމަށްޓަކައި އެކަމަށް މަސައްކަތްކުރެއެވެ. ސިއްޙަތަށް ބަލައިގެން އުޅުމަކީ އޭނާ ޒުވާންކަމަށްދާއްކާ ސިއްރުކަމަށް ވެދާނެއެވެ.

ރޭކާ ބުނާގޮތުގައި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ގިނައިން ފެންބުއިން ވަރަށް މުހިއްމެވެ. ޑޮކްޓަރުންވެސް ބުބުއްވަނީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ގިނައިން ފެންބޯންޖެހޭނެކަމަށެވެ. އެގޮތުން ދުވާލަކު 3 ލިޓަރު ފެންބޯނަމަ ހަށިގަނޑުގައި އުފެދޭ ވިހަ ބޭރުވާނެއެވެ. ރޭކާވެސް ޢަމަލުކުރަނީ މި އުސޫލަށެވެ.

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ރޭކާ ބޭނުނުންކުރަނީ ޤުދުރަތީ ތެލެވެ. ގައިގައި އުނގުޅަނީ ޤުދުރަތީ މާއްދާތަކުން ތައްޔާރުކޮށްފައިހުންނަ ތެލެވެ. މިކަމުގެ ސަބަބުން އޭނާގެ ހަންގަނޑު އޮމާންވެފައި ރީތިކަމަށްދައްކައެވެ.

ރޭކާ ބުނާގޮތުގައި އޭނާ މޭކަޕް ފިލުވައިގެންނޫނީ ނިދާކަށްވެސް އަދި އަރާމުކޮށްކލަންވެސް ނޯށޯވެއެވެ. ނިދަން އޮށޯތުމުގެ ކުރިން މޭކަޕް ފިލުވުމަށް ރޭކާ ވަރަށްބޮޑަށް ސަމާލުކަން ދެއެވެ.

މީގެ އިތުރަށް ރޭކާ އެއްގޮތަކަށްވެސް ތެއްލި އެއްޗިހި ނުކައެވެ. އަދި މާގިނައިން ކައްކާފަ ހުންނަ ކާނާވެސް އޭނާ ނުކައެވެ. ރޭކާ ބުނާގޮތުގައި ކޮންމެރެއަކުވެސް 8 ޖަހާއިރު ރޭގަނޑުގެ ކެއުން ކައި ނިންމާލުމަށަފަހު އޭނާ ނިދައެވެ.

ރޭގަނޑުގެ ފުރިހަމަ ނިދި ހޯދުމަކީވެސް ރޭކާ ވަރަށްބޮޑަށް ސަމާލުކަން ދޭކަމެކެވެ.

މިއީ ރޭކާ ރީތިކޮށް ހަށިގަނޑު ބެހެއްޓުމަށްޓަކައި ޢަމަލުކުރާ ގޮތެވެ.