އިންޑިއާގެ އީ-ރީޓެއިލް މާކެޓް 2027 ވަނަ އަހަރުގެ ނިޔަލަށް 150 ބިލިއަން ޑޮލަރުން 170 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އިންޑިއާގެ އީކޮމާސް ކުންފުނި ފްލިޕްކާޓާ ގުޅިގެން ކޮންސަލްޓިން ކުންފުނި ބެއިން އެންޑް ކޮމްޕެނީން ހަދާފައިވާ ރިޕޯޓެއްގައި އެކަން ހާމަކޮށްފައި ވެއެވެ.

‘ހައު އިންޑިއާ ޝޮޕްސް އޮންލައިން 2022’ ގެ ނަމުގައި ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ކުރިއަށް އޮތް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެމެރިކާ ފަހަތަށ ޖައްސާލައި ދުނިޔޭގެ ދެވަނަ އެންމެ ބޮޑު ވިޔަފާރި ކުރާ ކޮންސިއުމަރުން ތިބޭނީ ޗައިނާއަށް ފަހު އިންޑިއާގައެވެ.

އިންޑިއާގެ އޮންލައިން ޝޮޕަރުންގެ އަދަދު 2027 ވަނަ އަހަރުގެ ނިޔަލަށް 400ން 450 މިލިއަނަށް އިތުރުވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަކީ އިންޑިއާގައި އޮންލައިން ރީޓެއިލް ވިޔަފާރިއަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެކެވެ. ބަލި މަޑުކަމުގެ ތެރޭގައި 12 މަަސް ދުވަހުގެ ތެރޭގައި ކުއްލި އިތުރު ވުމެއް އައިސްފައި ވެއެވެ.