ބޭނުންވާ ތަކެތި

750 ގުރާމު ކުކުޅު ( ކޮށާފައި)

1 މޭޒުމަތީ ސަމުސާ ދިރި

½ 1 މޭޒުމަތީސަމުސާ ކޮތަނބިރި

1 މޭޒުމަތީސަމުސާ އަސޭމިރުސް

1 މޭޒުމަތީސަމުސާ މުގުރި މިރުސް

1 މޭޒުމަތީސަމުސާ އިނގުރު (ޗިސްކޮށްފައި)

3 މޭޒުމަތީސމުސާ ތެޔޮ

2 ފިޔާ (ކޮށާފައި)

6 ލޮނުމެދު (ޗިސްކޮށްފައި)

2 މޭޒުމަތީސަމުސާ ޓޮމާޓޯ ސޯސް

3 ޓޮމާޓޯ ޖޫސް

2 ތޮޅިމިރުސް

½ ޖޯޑު ފެން

¾ ޖޯޑު ކުކިން ކްރީމް

1 މޭޒުމަތީސަމުސާ ކޯން ފުލާ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ކޮށާފައި ހުރި ކުކުޅުތައް ސާފުކުރުމަށްފަހު ބޯތައްޓަކަށް އަޅާށެވެ. އެއަށްފަހު ދރި، ކޮތަނބިރި، އަސޭމިރުސް، މުގުރި މިރުސް، އިނގުރު، 3 ސަމުސާ ތެޔޮ1 ސައިސަމުސާ ލޮނު އެޅުމަށްފަހު ރަނަގަޅަށް މޮޑެލާށެވެ. (ކުކުޅުގައި ރަނަގަޅަށް އުނގުޅާށެވެ) ދެން ފްރިޖްގައި 1 ގަޑިރު ބަހައްޓާ މެރިނޭޓް ކުރާށެވެ. ދެން ތަވަޔަކަށް 2 މޭޒުމަތީސަމުސާ ތެޔޮ އެޅުމަށްފަހު ހޫނުކުރާށެވެ. ތެލަށް ހޫނުވުމުން ފިޔާ އަޅާށެވެ. ފިޔާ ވަޅޯ ވުމުން އިނގުރު، ލޮނުމެދު އަޅާށެވެ. އެއަށްފަހު ރަނަގަޅަށް އެއްކޮށްލާށެވެ. ދެން 2 ތޮޅި މިރުސް ލާށެވެ. އެއަށްފަހު މރިނޭޓްކުރި ކުކުޅު އަޅާށެވެ. ކުކުޅުތައް ހަނާވުމުން ޓޮމާޓޯ ޕޭސްޓް އަޅާށެވެ. އެއަށްފަހު ޓޮމާޓޯ ޖޫސްވެސް އަޅައި އެއްކޮށްލާށެވެ. ދެން ލޮނު ހެޔޮވަރުކުރުމަށްފަހު ފެން އަޅައި ކައްކާލާށެވެ. ރަނަގަޅަށްކެކުމުން ކުކިން ކްރީމް އަޅާށެވެ. ކުކިން ކްރީމް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން އުނދުންމަތިން ބާލާށެވެ.