ކީރިތި ޤުރުއާން ހިތުން ދަސްކުރި 481 ކުއްޖަކަށް މިއަދު މިސްރުގައި ސެޓްފިކެޓް ދީފިއެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން ހިމެނޭ ގޮތަށް ދެޖިންސުން ކުދިން ކީރިތި ޤުރުއާން ހިތުން ދަސްކޮށްފައި ވަނީ ޖީޒާ ގަވަރްރަނޭޓްގެ އަލްއިމާމް ސްކޫލުގައެވެ.

މިސްރުގެ މީސްމީޑިއާގައި އެހަފްލާގެ ފޮޓޯތައް ޙިއްސާ ކުރަމުން ދެއެވެ.