އިންޑިއާގެ މާކެޓްގައި ޓާކިޝް އެއަރލައިންގެ މަރުކަޒު ވަރުގަދަ ކުރުމަށް އެއެއާލައިނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފިއެވެ. އިންޑިގޯ އެއަރ ލައިނަށް ޓާކިޝް އެއަރލައިނުން ވަނީ ބޮއިންގް 777-300އީއާރު މަތިންދާބޯޓުގެ ތިން އެތި ކުއްޔަށް ދޭން ނިންމާފައި ކަމަށް ޓާކިޝް އެއާލައިންސްގެ ސީއީއޯ ބިލާލް އެކްޝީ ވިދާޅުވެއެވެ.

ޓާކިޝް އެއާލައިންސް އަކީ ދުނިޔޭގެ އެންމެ ބޮޑު ނެޓްވަރކެއް އޮންނަ އެއަރލައިނެވެ. ނަމަވެސް އެކުންފުންޏަށް އިންޑިއާގައި ފައި ހަރުލުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. އިންޑިއާއަށް ގިނަ ދަތުރުތައް ބޭއްވުމަށް ޓާކިޝް އެއަރލައިންއަށް ހުރަސްތައް ކުރިމަތި ވެފައި ވަނީ ޓްރެފިކްގެ ހައްގުތައް މަދުކޮށްގައި އޮތުމުން ކަމަށް އެކްޝީ ވިދާޅުވެއެވެ.