އިންޑިއާގެ މުމްބާއިއަށް ދީފައިވާ ޓެރަރިސްޓް ހަމަލާގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން އިންޑިއާއިން ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ކައުންޓާ ޓެރަރިޒަމް ކޮމިޓީގެ ބައްދަލުވުމެއް އިންޑިއާގައި ބެއްވުމަށް ނިންމާފައެވެ. އެ ބައްދަލުވުމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި ޑްރޯން ބޭނުން ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

ޔޫއެން ކައުންޓަރ ޓެރަރިޒަމް ކޮމިޓީގެ އެގްޒެކެޓިވް ޑިރެކްޓަރޭޓް (ޔޫއެން ސީޓީއީޑީ) ގެ ވެރިޔާ ޑޭވިޑް ޝާރިއާ ވިދާޅުވީ ގައުމުތަކުން އެބައްދަލުވުމުގައި މަޝްވަރާ ކުރާނީ ޓެރަރިސްޓުންނާއި ޓެރަރިސްޓް ޖަމާއަތްތަކަށް ޑްރޯން ޓެކްނޮލޮޖީ ނުލިބޭ ގޮތަށް ހަމަޖެއްސުމާ ބެހޭ ގޮތުންނެވެ.

މުމްބާއީ ހަމަލާއާ ބެހޭ ގޮތުން މުމްބާއީގައި ބާއްވާ ބައްދަލުވުމުގެ ކުރިން އދ.ގެ ކައުންޓަރ ޓެރަރިޒަމް ކޮމިޓީ (ސީޓީސީ) ން ވަނީ ޚާއްސަ ބައްދަލުވުމެއް ދިއްލީގައި ބާއްވާފައެވެ.