ކުޅުދުށްފުށީ އަފީފުށްދީން ސްކޫލާއި، ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގެ ލިޓްލްމެއިޑުންނަށް، އެމްއެންޑީއެފް ފަޔަރ ޑިޕާޓްމަމްޓް އިން އަލިފާނުން ރައްކާތެރިވާނެ ސެޝަނެއް ކުރިއަށް ގެންގޮސްފި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފި އެވެ.

މިއަދު މި ދެ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގު ތެރެއިން އަފީފުއްދީން ސްކޫލްގައި، ގަޑި ނަގައިދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިންނެވެ. އަދި މި ސެޝަންގައި އަފީފުއްދީން ސްކޫލް 73 ލިޓްލްމެއިޑުން ބައިވެރިވިކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

ޅ. ނައިފަރުގެ މަދަރުސަތުލް އިފްތިތާހްގެ ލިޓްލްމެއިޑުންނަށް މި ސެޝަން ނަގައިދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުން ނެވެ. މި ސެޝަންގައި މަދަރުސަތުލް އިފްތިތާހުގެ 51 ލިޓްލް މެއިޑުން ބައިވެރިވިކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

މި ދެސްކޫލްގައި ހިންގި ފަޔަރ ސޭފްޓީ ސެޝަންގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިތުރުން ފަޔަރ ބްލޭންކެޓާއި ފަޔަރ އެކްސްޓިންގުއިޝަރ ބޭނުން ކުރާނެ ގޮތްތައް ބުނެދިނެވެ.