މުފްތީ މެންކް ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން އެ ސިޓީން ވަރަށް ހޫނުމަރުހަބާއެއް ކިޔަވައިފިއެވެ. މުފްތީ މެންކަށް ސިޓީން މަރުހަބާ ކިޔާފައިވަނީ މޭޔަރު އިިސްމާއީލް ރަފީގާއި ބައެއް އާންމުންނެވެ.

މިރޭ އެ ސިޓީގައި މެންކުގެ ޚާއްސަ ދަރުސެއް އޮންނާނެއެވެ. ދަރުސް އޮންނާނީ ޙާފިޒް އަޙްމަދު ސްކޫލް ހޯލްގައި މިރޭ 8:45 ގައެވެ. މާލެސިޓީގައި ވެސް މެންކުގެ ދަރުސް އެއް ބޭއްވިއެވެ. އެއަށްވަނީ ވަރަށްގިނަ މީހުންގެ ތަރުހީބު ލިބިފައެވެ.

އައްޑޫ ސިޓީގައި ވެސް މެންކުގެ ދަރުސް އެއް އޮންނާނެއެވެ. އެ ދަރުސް އޮންނާނީ 30 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ ރޭ އައްޑޫ ހައި ސްކޫލްގައެވެ. ވަގުތަކީ ރޭގަނޑު 8:45 އެވެ. މެންކުގެ ދަރުހެއް ހުޅުމާލޭގައިި ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މެންކުގެ މިދަތުރުފުޅަކީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރެއްވާ ދަތުރުފުޅެކެވެ.