ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 47،621،920.40 ރުފިޔާއަށެވެ. ކޮންޓްރެކްޓްގެ މުއްދަތަކީ 365 ދުވަހެވެ.

މައިގަނޑު މަސައްކަތް:

  • ބަނދަރު ފުންކުރުން
  • 290 މީޓަރ ބްރޭކް ވޯޓަރ ޖެހުން
  • 76 މީޓަރ ޗެނަލް ބްރޭކް ވޯޓަރ ޖެހުން
  • 166 މީޓަރ ރިވެޓްމެންޓް ޖެހުން
  • 212 މީޓަރ ސްކޯރިން އެޕްރޮން ޖެހުން
  • 212 މީޓަރ އެއްގަމު ތޮށި ލުން
  • 19 މަގު ބައްތި ހަރުކުރުން
  • އެކްސެސް ޕްލެޓް ފޯމް އެޅުން
  • 1859 އަކަމީޓަރުުގެ ޕޭވްމެންޓް ހެދުން

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.