ބ. އަތޮޅު ރިިސޯޓެއްގެ ޖެޓީމަތިން ދުއްވާފައި ދިޔަ ބަގީއެއް މޫދަށްވެއްޓީ މޮރޮކޯ ޒުވާނާ ނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

އޭނާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އުމުރުން 26 އަހަރުގެ އެޒުވާނާއަކީ އެރިސޯޓުގެ މުވައްޒަފެކެވެ. އޭނާ ނިޔާވިކަން އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވަނީ ރޭގެ ވަގުތެއްގައި ކަަމަށްވެސް ފުލުހުން ބުންޏެެވެ.

ބަގީވެއްޓުނު ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 11 އެހައިކަންހާއިރު އެވެ. ހާދިސާއަށްފަހު އިތުރުފަރުވާއަށް އޭޑީކޭއަށް ގެނައިރުވެސް ހާލުސީރިއަސްއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި ތުހުމަތު ކުރެވޭ މީހަކުވެސް އަދި ނެތް ކަމަށެވެ.