އިންޑިއާއިން ވަނީ އަނެއްކާވެސް ރަޝިޔާއަށް ތާއީދުކޮށް އދގައި ވޯޓުލާފައެވެ. ރަޝިޔާއިން ހުށަހެޅި "ނާޒީޒަމްއަށް ހިތްވަރު ދިނުން މަނާ ކުރުން" ގެ ޑްރާފްޓް ގަރާރަށް އިންޑިއާ ވަނީ ތާއީދުކޮށްފަ އެވެ.

އދގެ އާންމު މަޖިލީހުގެ ކޮމިޓީއަކުން އެ ގަރާރު ފާސްކުރިއިރު އިންޑިއާއިން ވަނީ ފުރިހަމަ ރޫހުގައި ވޯޓްލާކަމަށް ބުނެފައެވެ. އެ ގަރާރާ ދެކޮޅަށް ވޯޓްލީ 52 ގައުމަކުންނެވެ. އަދި 15 ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުލައެވެ. ގަރާރަށް ތާއީދުކޮށް 105 ގައުމުން ވޯޓް ލިއެވެ.

މި ޑްރާފްޓް ގަރާރުތަކުގައި އިންސާނީ ހައްގުތަކާ ބެހޭ ގިނަ މައްސަލަތަކެއް ހިމެނޭއިރު، ލިޔަންކިޔަން ދަސްކުރުމުގެ ހައްގާއި ކުޑަކުދިން ޖިންސީ ގޯނާތަކުން ރައްކާތެރިކޮށްދީ، ކުށް ހުއްޓުވުމާއި ޖިނާއީ އަދުލުގެ މައްސަލަތަކުގެ އިތުރުން ނާޒިޒަމް މޮޅުކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް ފިޔަވަޅު އެޅުން ހިމެނެއެވެ.

އެ ކޮމިޓީން ވަނީ އަށް ޑްރާފްޓެއް ފާސްކޮށްފައެވެ އޭގެ ތެރޭގައި އިންޑިޖެންސް ޕީޕަލްސް ރައިޓްސް، ޕްރައިވެސީ އިން ޑިޖިޓަލް އޭޖް، ކޮންޑެމްނިން ގްލޯރިފިކޭޝަން އޮފް ނާޒިޒަމް ފަދަ ޑްރާފްޓްތައް ހިމެނެއެވެ.