ވޯލްޑް ކަޕުގެ އޮރިޖިނަލް ޓްރޮފީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ގަތަރަށް ގެންގޮސްފިއެވެ.

ވޯލްޑް ކަޕުގެ އޮރިޖިނަލް ޓްރޮފީ ގަތަރަށް ގެންގޮސްފައި މިވަނީ، ގަތަރުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގެ ކުރިން، 50 ގައުމަކަށް ވޯލްޑް ކަޕް ޓްރޮފީ ގެންދިޔިޔުމަށް ހިންގި ހާއްސަ ކެމްޕޭން ނިންމާލުމަށްފަހުއެވެ.

ފީފާ ވޯލްޑް ކަޕުގައި މިހާރު ބޭނުން ކުރާ ޓްރޮފީއަކީ އިޓަލީގެ އާޓިސްޓް ސިލްވިއޯ ގައްޒަނީގާ 1974 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޑިޒައިން ކުރި ޓްރޮފީއެވެ. އޭގެ ކުރިން ބޭނުން ކުރަމުންދިޔައީ ޖޫލްސް ރިމޭގެ ނަމުގައި ބޭނުން ކުރަމުންދިޔަ ޓްރޮފީއެކެވެ.

ވޯލްޑް ކަޕް ޓްރޮފީއަކީ ދުނިޔޭގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގައި ދެވޭ އެންމެ އަގުހުރި ޓްރޮފީއެވެ. މިޓްރޮފީގެ އަގަގަކީ 20 މިލިޔަން ޑޮލަރެވެ.