އަޖުފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކަޑަމީ (އައިބާ) އިން ބެޑުމިންޓަން މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މިއީ 'އައިބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް' ގެ ނަމުގައި ބާއްވާ މުބާރާތެކެވެ.

މުބާރާތުގެ މަގުސަދަކީ ކުޅުންތެރިންގެ މެދުގައި ބެޑްމިންޓަނަށް އޮންނަ ލޯބި އިތުރުކޮށް ކުޅުންތެރިންގެ މެދުގަައި ބިނާކުރަނިވި ވާދަވެރިކަމެއް އުފެއްދުން ކަމަށް އައިބާއިން ބުންޏެވެ. މި މުބާރާރުގައި ކުޅޭނީ ސިންގަލްސް އަދި ޑަބަލްސް މެޗުތަކެވެ.

ކުޅުންތެރީން ބެހިފައިވާ ކެޓަގަރީތައް:

  • ބޯއީސް ސިންގަލްސް (ކެޓަގެރީ 1)
  • ބޯއީސް ސިންގަލްސް (ކެޓަގެރީ 2)
  • ބޯއީސް ސިންގަލްސް (ކެޓަގެރީ 3)
  • ގާލްސް ސިންގަލްސް (ކެޓަގެރީ 1)
  • ގާލްސް ސިންގަލްސް (ކެޓަގެރީ 2)
  • ކިޑްސް ބޯއީސް ސިންގަލްސް (ކެޓަގެރީ 1)
  • ކިޑްސް ގާލްސް ސިންގަލްސް (ކެޓަގެރީ 1)
  • ކިޑްސް ގާލްސް ސިންގަލްސް (ކެޓަގެރީ 2)
  • ކިޑްސް ބޯއީސް (ފިއެސްޓާ)
  • - ކުޅުންތެރިން ބެހިފައިވާ ކެޓަގަރީތައް:

  • ބޯއީސް ޑަބަލްސް (ކެޓަގެރީ 1)
  • ބޯއީސް ޑަބަލްސް (ކެޓަގެރީ 2)
  • ބޯއީސް ޑަބަލްސް (ކެޓަގެރީ 3)
  • ގާލްސް ޑަބަލްސް (ކެޓަގެރީ 1)
  • ގާލްސް ޑަބަލްސް (ކެޓަގެރީ 2)
  • ކިޑްސް ބޯއީސް ޑަބަލްސް (ކެޓަގެރީ 1)
  • ކިޑްސް ގާލްސް ޑަބަލްސް (ކެޓަގެރީ 1)
  • ކިޑްސް ގާލްސް ޑަބަލްސް (ކެޓަގެރީ 2)
  • ކިޑްސް ގާލްސް (ފިއެސްޓާ)

އައިބާ ޗެމްޕިއަންޝިޕަކީ، އެ އެކަޑަމީގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކުޅުންތެރިންނަށް ޚާއްސަ ކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ މެޗުތައް ކުޅޭނެ އުސޫލުތަކާއި، މެޗުތަކުގެ ޝެޑިއުލް، އެންމެ ލަސްވެގެން މުބާރާތް ފެށުމުގެ ދެ ދުވަސް ކުރިން އަންގާނޭ ކަމަށް އައިބާ އިން ބުނެފައިވެއެވެ. މުބާރާތުގެ އަމްޕަޔަރުކަން ކުރުމާއި، ސްކޯދިނުމާއި ޓެކްނިކަލް ހުރިހާކަމެއް ބަލަހައްޓާނީ އައިބާ އިން ހަވާލުކުރާ އޮފިޝަލުންގެ ޓީމަކުންނެވެ.

މި މުބާރާތް ކުރިއަށްދާނީ ސްޓެލްކޯގެ އިންޑޯ ބެޑްމިންޓަން ހޯލުގައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 18 ނޮވެމްބަރު 2022 ވާ ހުކުރު ދުވަހުއެވެ. މުބާރާތުގެ މެޗުތައް މި މަހުގެ 25 އަދި 26 ގައިވެސް ކުރިއަށް ދާނެއެވެ. އެއީ ހަފްތާގެ ބަންދު ދެދުުވަހެވެ.

އިނާމު ހަމަޖެހިފައިވާ ގޮތް:

  • ޗެމްޕިއަން: ޓްރޮފީ އަދި ސަރޓިފިކްޓް
  • ރަނަރ-އަޕް: ރިހިމެޑަލް އަދި ސަރޓިފިކްޓް
  • ތިންވަނަ: ލޯ މެޑަލް އަދި ސަރޓިފިކްޓް
  • ހުރިހާ ބައިވެރިން: ބައިވެރިވިކަމުގެ ސަރޓިފިކްޓް