އިންޑިއާއިން ރާވާފައިވާ ގޮތަށް ކަރަންޓުން ދުއްވާ އިލެކްޓްރިކް ވެހިކަލް، އުޅަނދުތަކުގެ ޕްލޭން 2030އަށް ކުރިއަށް ގޮސްފިނަމަ، އެއީ 206 ބިލިއަން ޑޮލަރުގެ ފައިދާ ނެގޭނެ ވިޔަފާރިއެއް ކަމަށް ސެންޓަރ ފޯރ އެނެޖީ ފައިނޭންސްއިން ބުނެފިއެވެ.

2030ގެ އަމާޒަށް ފޯރުމަށްޓަކައި އިންޑިއާއަށް ކަރަންޓުން ދުއްވާ އުޅަނދު އުފެއްދުމާއި ޗާރޖް ކުރާ ސްޓޭޝަން އުފެއްދުމަށް 180 ބިލިއަން ޑޮލަރު ހޭދަ ކުރަން ޖެހޭނެ އެވެ.

އިންޑިއާގެ ސަރުކާރަށް ސިޔާސަތު ވިލަރެސްކޮށްދޭ އިދަރާ ނީޓީއިން ލަފާކޮށްފައިވާ ގޮތުގައި މި ފެށޭ ދިހަ އަހަރުގެ ތެރޭގައި ވިޔަފާރި އުސޫލުން ދުއްވާ ހުރިހައި ކާރެއްގެ 70 ޕަސެންޓާއި ޕްރައިވެޓް ކާރުގެ 30 ޕަސެންޓާއި 40 ޕަސެންޓް ބަހާއި ދެ ފުރޮޅުލީ އަދި ތިން ފުރޮޅުލީ އުޅަނދުގެ 80 ޕަސެންޓް އިންޑިއާގައި ދުއްވާނީ ކަރަންޓުން އުފައްދާ ހަކަތައިންނެވެ.

ކަރަންޓުން ދުއްވާ އުޅަނދުތައް އިންޑިއާގައި ވިއްކާފައިވާ ނިސްބަތް 2020ގެ މާޗް މަހާ ހަމައަށް އޮތީ، ބައި މިލިއަން އުޅަނދުގައެވެ. އެކަމަކު 2030ގެ މާލީ އަހަރު ނިމޭއިރު 100 މިލިއަނަށް މިއަދަދު އިތުރު ވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ނީޓީން ސަރުކާރަށް ހުށަހަޅާފައިވަނީ، ބެޓެރި އަލުން ބޭނުންކުރުމާއި ރިސސައިކަލް ކުރުމާއި ކަރަންޓުން ދުއްވާ އުޅަނދު ވިއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން އަގުތައް ދަށް ކުރުމަށް ޚާއްސަ ސިޔާސަތުތަކެއް ސަރުކާރުން އެކުލަވާލުމަށެވެ.