ހުޅުމާލޭ ފިޔަވަހި އެކަކާއި ދޭއް ގުޅުނު ސަރަހައްދުގެ މޫދުގައި އޮތް މީހަކު ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދީފިއެވެ.

ފުލުހުން ވިދާޅުވީ އެ ސަރަހައްދުގެ މޫދުގައި މީހަކުއޮތް ކަމުގެ މައުލޫމާތު މިއަދު ލިބިގެން އެތަނަށް ފުލުހުން ގޮސް އެމީހާ ނަގައިގެން ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށެވެ. އެތަނުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެމީހަކީ ދިވެހި ފިރިހެނެކެވެ. އޭނާއަކީ އާންމުގޮތެއްގައި އެސަރަހައްދަށް މޫދަށްއެރި އުޅޭ މީހެއް ކަމަށް ވެސް އެނގިފައިވެއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ސިއްހީ ހާލަތު ދެނެގަތުމަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.