ތަނޫޝްރީ ދައްތާ ވަނީ، އެކި ފަހަރުމަތިން އަހަރެން ރޭޕްކޮށްފައި:ރާކީ ސާވަންތު

0

ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަދި ކުރީގެ މިސް އިންޑީޔާ ތަނޫޝްރީ ދައްތާ ވަނީ، އެކި ފަހަރުމަތިން ރާކީ ސާވަންތު ރޭޕް ކޮށްފައިކަމަށް ރާކީ ބުނެފިއެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ތަނޫޝްރީއަށް ވަރަށްބޮޑަށް ފާޑުކިޔަމުން ރާކީ ބުނީ، އަންހެނެއްގެ ގޮތަށްހުރި ނަމަވެސް ތައްނޫޝްރީ އަކީ (އެއްޖިންސުން ގުޅުން ހިންގާ) އެތެރެއިން ފިރިހެނެއްކަމަށެވެ.

Advertisements

ބޮލީވުޑުގެ ބައެއް ސީނިއަރ އެކްޓަރުން ކަމަށްވާ ނާނާޕަޓޭކަރުފަދަ ތަރިން އޭނާއަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށްބުނެ އިންޑިޔާގެ ނޫސްތަކަށް ތަނޫޝްރީ ދިން އިންޓަވިއުއަކާ ގުޅިގެން އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމާ ދެކޮޅަށް މުޅި ބޮލީވުޑުގައި ކެމްޕެއިނެއްް ފަށައިފައިވާ މި ދަނޑިވަޅުގައި، ތަނޫޝްރީގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އަޅުވަމުން ރާކީ ބުނީ، ރޭޕްކުރަނީ ހަމައެކަނި ފިރިހެނުންނޫން ކަމަށާއި އެއީ އަންހެނުންވެސް ކުރާ ކަމެއްކަމަށެވެ.

“މީގެ 12 އަހަރު ކުރިން އަންނަނާ ތަނޫޝްރީ އަކީ ބެސްޓް ފްރެންޑުން. އޭރު އަހަރެން ޕާޓީތަކަށް ގެންގޮސް ނޭނގޭގޮތަށް އަހަންނަށް މަސްތުވާތަކެތި ދީގެން، ތަނޫޝްރީ ވަނީ އެތައް ފަހަރަކު އަހަރެން ރޭޕް ކޮށްފައި. އޭނާއަކީ ލެސްބިއަނެއް. ބޭރުން އަންހެންވަންތަކަން ހުރިނަމަވެސް އެތެރެއިން އޭނާއަކީ ފިރިހެނެއް،” ރާކީ މީޑީޔާއަށް ކިޔައިދިނެވެ.

ރާކީ ބުނީ ތަނޫޝްރީ އަތްލީ އޭނާގެ ކޮން ތަންތަނެއްގައިކަން ކޯޓުގައި ފަނޑިޔާރުންނަށް ކިޔައިވެސް ދޭނެ ކަމަށެވެ. އަދި މިހާތަނަށް އެ މައްސަލައިގައި އެއްޗެއް ނުބުނެ ހުރިނަމަވެސް މިހާރު އެވާހަކަ ދައްކަން ޖެހުނީ ޖިންސީ ގޯނާކުރިކަމަށް ބުނެ މުޅި ބޮލީވުޑުގެ އަގު ވައްޓާލުމަށް ތަނޫޝްރީ މަސައްކަތް ކުރަމުންދާތީ ކަމަށްވެސް ރާކީ ބުންޏެވެ.

ރާކީ ސާވަންތު މިމައްސަލައާ ބެހޭގޮތުން ވާހަކަ ދައްކާފައިމިވަނީ، ނާނާ ޕަޓޭކަރުގެ ފަރާތުން މީގެ 10 އަހަރު ކުރިން ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެ ތަނުޝްރީ ދައްތާ ވާހަކަ ދެއްކުމުން، ތަނުޝްރީއަކީ މަސްތުވާތަކެތި ބޭނުންކުރާ ދޮގުވެރިއެއް ކަމަށް ބުނެ މީޑިއާތަކުގައި ރާކީ ދެއްކި ވާހަކަތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 ކްރޯޑް ރުޕީސް ހޯދަން ތަނޫޝްރީ ކޯޓަށް ހުށަހަޅައިފައި ވަނިކޮށްނެވެ.

 

Advertisements